ގައުމީ ނެޓްބޯޅަ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާ މެދު ކޯޗުގެ އުއްމީދު ބޮޑު

Aug 31, 2022, 5:44 AM
ގައުމީ ނެޓްބޯޅަ ޓީމުގެ މުސްތަގުބަލު ގުޅިފައިވާ ޒުވާން ހަތަރު ކުޅުންތެރިއަކު މި ފަހަރު ޓީމުގައި ހިމެނޭ: އެ ކުޅުންތެރިންނަކީ ޖުނައިނާ، އައިނީ، ސަނާ އަދި މަަލަކް.-- ފޮޓޯ: އަބްދުﷲ އިޔާން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ގައުމީ ނެޓްބޯޅަ ޓީމުގެ މުސްތަގުބަލު ގުޅިފައިވާ ޒުވާން ހަތަރު ކުޅުންތެރިއަކު މި ފަހަރު ޓީމުގައި ހިމެނޭ: އެ ކުޅުންތެރިންނަކީ ޖުނައިނާ، އައިނީ، ސަނާ އަދި މަަލަކް.-- ފޮޓޯ: އަބްދުﷲ އިޔާން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ކޮންމެ ކުޅިވަރެއްގައި ވެސް ކުރިމަގު ބިނާވެފައި އޮންނަނީ އެ ކުޅިވަރެއްގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. ޒުވާން ކުޅުންތެރިންގެ ހުނަރާއި، ގާބިލްކަމާ އެކު މުސްތަގުބަލުގައި އެ ކުޅިވަރަކުން ހޯދޭނެ ކާމިޔާބީތަކުގެ ހިސާބު ޖަހާލަން ފަސޭހަވެ އެވެ. ބައެއް ކުޅިވަރުތަކަކީ ބައިނަލްއަގުވާމީ މަދު މުބާރާތްތަކެއް އޮންނަ ކުޅިވަރުތަކެއް ކަމަށް ވިޔަސް، ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ދިވެހިން ބޭނުން ވަނީ ކާމިޔާބީ ހޯދާށެވެ. މި ކާމިޔާބީ ހޯދަން ބޮޑެތި ޕްލޭންތައް ހަދާއިރު، ޒުވާން ކުޅުންތެރިންގެ ފެންވަރަށް ބަލައި ހިސާބު ޖަހާލަން ފަސޭހަވެ އެވެ.

އަންނަ މަހު ސިންގަޕޫރުގައި ވާދަކުރާ ނެޓްބޯޅަ ގައުމީ ޓީމަށް ބަލާއިރު، ފެންނަނީ އުއްމީދީ މަންޒަރެކެވެ. ފަހުގެ ތާރީހެއްގައި ނެޓްބޯޅަ ސީނިއާ ޓީމުން އެންމެ ގިނައިން ޒުވާން ކުޅުންތެރިން ފެންނާނެ ފަހަރަށް މި ފަހަރު ވާނެ އެވެ. ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ 20 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިންނެވެ.

ޖުނައިނާ އަހުމަދު އިޝްހާގު

ޖޫނިއާ މުބާރާތްތަކުން ފާހަގަވި ޖުނައިނާ އަށް މި އަހަރަކީ ކާމިޔާބު އަހަރެކެވެ. ގައުމީ ސްކޮޑުން މިދިޔަ އަހަރުގެ ފަހުކޮޅު ޖާގަ ހޯދި ޖުނައިނާ 19، ވަނީ އޭނާގެ ފެންވަރު މިއަހަރުގެ މުބާރާތްތަކުން ސާބިތުކޮށްދީފަ އެވެ.

Advertisement
ޖުނައިނާ ގައުމީ ޓީމްގެ ޕްރެކްޓިސްގައި - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން
ޖުނައިނާ ގައުމީ ޓީމްގެ ޕްރެކްޓިސްގައި - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން

ޖުނައިނާ ގައުމީ ޓީމްގެ ޕްރެކްޓިސްގައި - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން

މި އަހަރު ކުރިއަށްދިޔަ ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކަން ހޯދި ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޖުނައިނާ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ އިތުރުން އޭނާ އަކީ ދެ ވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ.

އާމިނަތު އައިނީ

ރާއްޖޭގެ ގައުމީ ޓީމާއި ޖޫނިއާ ޓީމަށް ބަލާއިރު އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި އައިނީ ފާހަގަކުރެވެ އެވެ. ސޯޅަ އަހަރުގެ އައިނީ އަކީ 2019 އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމްގެ ކެޕްޓަނެވެ.

އައިނީގެ ލީޑާޝިޕްގެ ދަށުން ޖޫނިއާ ގައުމީ ޓީމުން އެ މުބާރާތުން ލޯ މެޑަލް ހޯދި އެވެ. ގައުމީ ޓީމު އެ މުބާރާތުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗުގައި އައިނީ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ޅަ އުމުރުގައި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް އައިނީ ވަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އޭނާ އަކީ 2021 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އަދި މި އަހަރު ބޭއްވި ގައުމީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ވެސް އައިނީ އެވެ.

މަލަކް އިސްމާއިލް މުހައްމަދު

އުމުރުން 17 އަހަރުގެ މަލަކު ސީނިއާ ގައުމީ ޓީމާ އެކު ފުރަތަމަ ތަޖުރިބާ އަށް ތައްޔާރުވާއިރު، އޭނާ އަށް މިއީ މުހިންމު އަހަރެކެވެ. ޖީސީއޯލެވެލް އިމްތިހާނު އަހަރު ނަމަވެސް މަލަކް ފެނުނީ ޕްރެކްޓިސް އަށް ފަރުވާތެރި ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މަލަކް އަކީ ވެސް 2019 އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕުން ބްރޮންޒް މެޑަލް ހޯދި ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އަކީ އެ ޓީމުގެ ވައިސް ކެޕްޓަނެވެ.

މަލަކް ގައުމީ ޓީމްގެ ޕްރެކްޓިސްގައި - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން
މަލަކް ގައުމީ ޓީމްގެ ޕްރެކްޓިސްގައި - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން

މަލަކް ގައުމީ ޓީމްގެ ޕްރެކްޓިސްގައި - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން

ގައުމީ ލެވެލްގައި މަލަކް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ އޭނާ ހިމެނެ އެވެ. މީގެ އިތުރުން މިއަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބް (ކޭވައިއާރުސީ)ގައިވެސް އޭނާ ހިމެނެ އެވެ.

އައިޝަތު ސަނާ އިބްރާހިމް

ގައުމީ ޓީމަށް ކުޅުންތެރިން އިތުރުކުރުމަށް ހުޅުވާލި ސެލެކްޝަންގައި ބައިވެރިވެ ޓީމުން ޖާގަ ހޯދި ސަނާ އަކީ ވަރަށް އުއްމީދީ ޑިފެންޑަރެކެވެ. ރަނގަޅު އިސްކޮޅެއް ހުރުމާ އެކު، އޭނާގެ ހުނަރަށް ބަލާއިރު 18 އަހަރުގެ ސަނާ ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކުލަބުން ހޯދިއިރު ސަނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް ސަނާ ހިމެނެ އެވެ.

ގައުމީ ޓީމްގެ ކެޕްޓަން އީމާ (ކ) އާއި ޒުވާން ޑިފެންޑަރު ސަނާ (ވ) - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން
ގައުމީ ޓީމްގެ ކެޕްޓަން އީމާ (ކ) އާއި ޒުވާން ޑިފެންޑަރު ސަނާ (ވ) - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން

ގައުމީ ޓީމްގެ ކެޕްޓަން އީމާ (ކ) އާއި ޒުވާން ޑިފެންޑަރު ސަނާ (ވ) - ފޮޓޯ: އަދަދު / މުހައްމަދު ޝާބިން

ގައުމީ ޓީމްގެ ކޯޗު ނީޝާ ހަލީމް ބުނީ މި ފަހަރުގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް މި ޓީމުން ޖާގަ ހައްގު ކުޅުންތެރިންނެވެ. އެންމެ ފަހުން ނިމުނު މުބާރާތްތަކުގައި ދެއްކި ކުޅުމާއި ޕްރެކްޓިސްތަކުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ވެސް މަންޒަރު ވަރަށް ސާފެވެ.

ގައުމީ ޓީމުގައި މިފަހަރު ތިބި ކުޅުންތެރިންގެ ތެރެއިން ސީނިއީ ޓީމާ އެކު ބައިނަލްއަގްވާމީ މެޗެއްގައި ކުޅެފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެހެންކަމުން ބާކީ ތިބި 10 ކުޅުންތެރިންނާ އެކު ކޯޗު ނީޝާ އަށް އޮތީ އުނދަގޫ މަސައްކަތެކެވެ. ކުޅުންތެރިންގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނެސް މިފަހަރު ދިވެހިރާއްޖެ އޭޝިއަން ޗެމްޕިއަންޝިޕުގައި ތަފާތު ޓީމެއްގެ ގޮތުގައި ފެންނާނެކަމަށް ކޯޗު ގަބޫލުކުރެ އެވެ.

މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ހޯދި ނަމަވެސް މި ހަތަރު ކުޅުންތެރިންނާއިމެދުވެސް ކޯޗު ކުރަނީ ފޮނި އުއްމީދުތަކެކެވެ. ލިބޭ ފުރުސަތުގައި އެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެކަމުގެ އިތުބާރު ކޯޗަށް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox