މަގާއި ދުވާރުމަތީގައި ކުނިފުނި ނުޖަހަން އީޕީއޭއިން އިލްތިމާސްކޮށްފި

މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް؛ މަގާއި ދުވާރުމަތީގައި ކުނިފުނި ނުޖަހަން އީޕީއޭއިން އިލްތިމާސްކުރޭ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް؛ މަގާއި ދުވާރުމަތީގައި ކުނިފުނި ނުޖަހަން އީޕީއޭއިން އިލްތިމާސްކުރޭ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި، ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ބޭނުން ނުކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އީޕީއޭއިން ބުނީ، މަގުމައްޗަށް ކުނި ނެރެގެން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދިނީ ކޮވިޑްގެ ހާލަތުގައި މާލެ ފުރަބަންދު ކުރުމާ ގުޅިގެން ކަމަށެވެ. އަދި މިހާރު އެ ހާލަތު ނެތިގޮސް، ކޮވިޑްގެ ކުރިއެކޭ އެއްފަދައިން ޑޯޓުޑޯ ކަލެކްޝަން ސާވިސް ދޭން ފަށާފައިވާކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.

އީޕީއޭއިން ވަނީ ކުނި މެނޭޖު ކުރުމުގެ ހިދުމަތް ހޯދުމުގެ ގޮތުން އެއްވެސް ހާލަތެއްގައި ނުވަތަ އެއްވެސް ވަގުތެއްގައި މަގުމައްޗާއި، ދުވާރު މައްޗަށް ކުނި ނޭޅުމަށް އެދިފަ އެވެ.

"ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ބޭނުންކުރަމުންދާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފަ އެވެ." އީޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެފަދަ ކުނީގެ ކަލެކްޝަން ޕޮއިންޓްތައް މަގުމަތީގައްޔާއި ދުވާރުމަތީގައި ހަދައި އެފަދަ ކަލެކްޝަން ޕޮއިންޓްތަކަށް ކުނި ޖަމާނުކުރުމަށް އީޕީއޭއިން ވަނީ އެދިފަ އެވެ.

ހަމައެއާއެކު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މަގުމައްޗާއި ދުވާރު ސާފުކޮށް ބޭއްވުމަށާއި، ކުނި މެނޭޖު ކުރުމުގެ ގަވައިދާ އެއްގޮތަށް އެ ހިދުމަތް ދިނުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox