އަލަމްގީރްގެ އިއުތިރާފާއެކު އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އަލަމްގީރް: އޭނާގެ މައްޗަށް ކުށް ވަނީ ސާބިތުވެފައި

އަލަމްގީރް: އޭނާގެ މައްޗަށް ކުށް ވަނީ ސާބިތުވެފައި

ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމުން, އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އަލަމްގީރްގެ މައްޗަށް އުފުލާފައިވާ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ގޮތުން އިބްތިދާއީ އަޑުއެހުމެއް އޮންލައިންކޮށް އިއްޔެ ބޭއްވި އެވެ. އެ އަޑުއެހުމުގައި އަލަމްގީރް ވަނީ ދައުވާއަށް އިއުތިރާފުވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެހެންވެ, އިބްތިދާއީ މަރުހަލާ ނިންމާލައި, ޝަރީއަތުގެ އަޑުއެހުމެއް ވެސް އިއްޔެ ކުރިމިނަލް ކޯޓަށް އަލަމްގީރް ހާޒިރުކޮށްގެން ބޭއްވި އެވެ. އެ އަޑުއެހުމުގައި ވެސް އަލަމްގީރް ވަނީ އޭނާގެ އިއުތިރާފު ދަމަހައްޓާފަ އެވެ. ކުށަށް އިއުތިރާފުވެފައިވާތީ, މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ނިންމާށެވެ.

އޭގެފަހުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ އެވެ. ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އަދަބު ކަނޑައެޅުމަށާއި ހުކުމް އިއްވުމަށް ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު, އޭނާއާއެކު ގުޅުން ހިންގި ކަމުގެ ތުހުމަތުވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދުގެ މައްޗަށް ޝަރީއަތް ފެށުން މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ.

އޭގެއިތުރުން މި މައްސަލާގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. މި ޝަރީއަތްތައް ކުރިއަށް ގެންދާނީ, ޖިންސީ ކުށާ ގުޅޭ މައްސަލައަކަށްވާތީ ސިއްރުކޮށްގެންނެވެ.

މައްސަލާގައި ދައުވާ ލިބޭ މީހުން ހައްޔަރު ކުރުމަށްފަހު، މައްސަލަ ތަހުގީގުކޮށް، ޕީޖީއަށް ފޮނުވުމާއެކު އަލަމްގީރު ނޫން އެހެން މީހުން ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލައިގައި ހަމައެކަނި ހަތަރު މީހުން ހައްޔަރުކުރި ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އެއާއެކު، ގިނަ އިދާރާތަކުން އަންނަނީ ވީޑިއޯތަކުގެ މައްސަލައިގައި ހިމެނޭ މީހުން ސަސްޕެންޑުކުރަމުންނެވެ. މިގޮތުން މިހާތަނަށް ކަސްޓަމްސް ދެ މުވައްޒަފަކާއި ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އިމާމެއްގެ އިތުރުން ޓީޗަރަކާއި ސިފައިންގެ މީހެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox