މަސްދޯނިތައް ލައިސެންސް ނަގަންޖެހޭ ގޮތް ހަދައިފި

ދެ މީހަކު މަސް ދޯންޏަޔަކުން މަސް ބާލަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދެ މީހަކު މަސް ދޯންޏަޔަކުން މަސް ބާލަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކަނޑުމަހުގެ މަސްވެރިކަމުގައި ވިޔަފާރީގެ އުސޫލުން ހަރަކާތްތެރިވާ އުޅަނދުފަހަރާއި ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސަންސް ނަގަންޖެހޭ ގޮތަށް ގަވައިދު އެކުލަވާލައިފި އެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައި ބުނެފައިވާ ގޮތުން ވިޔަފާރި އުސޫލުން މަސްވެރިކަމާއި ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސް އެއް އޮންނަންޖެހޭނެ އެވެ.

އެ ލައިސެންސް ދޫކުރަނީ، މަސްވެރިކަން ކުރާ ބާވަތަށާއި އުޅަނދުގެ ބޮޑު މިނަށް ބަލައިފަ އެވެ. އަދި ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސެންސް ނަގަންޖެހެނީ އެތަނަކުން ދުވާލަކު ޕްރޮސެސް ކުރެވޭ މިންވަރެއްގެ މަތީންނެވެ.

މިގޮތުން، މަސްވެރިކަންކުރާ އުޅަނދުތަކުގެ ކުޑަ ބޮޑު މިނަށާއި ބާވަތަށް ބަލައި، އެއް އަހަރާއި ދެ އަހަރުގެ މުއްދަތަށް ލައިސެންސް ދޫކުރާއިރު، ފީގެ ގޮތުގައި 250ރ. އާއި 1،800ރ. ދެމެދުގެ އަދަދެއް ދައްކަންޖެހެ އެވެ.

މަސް ޕްރޮސެސްކުރާ ފަރާތްތަކުން، އެ ފެސިލިޓީ އެއްގައި ދުވާލަކު އެންމެ ގިނައިން ޕްރޮސެސްކުރެވޭ ރޯމަހުގެ ބަރުދަނަށް ބަލައި ގިނަވެގެން އެއް އަހަރު ދުވަހަށް ލައިސެންސް ދޫކުރަނީ 2،000ރ. އާއި 15،000ރ. އާދެމެދުގެ ފީއެއް ދެއްކުމުންނެވެ.

އެއާއެކު އުޅަނދުގައި ހިންގާ މަސްވެރިކަމުގެ އެންމެހައި ހަރަކާތްތައް ވާންވާނީ، އެ ލައިސަންސު ގައި ކަނޑައަޅައިފައިވާ ސަރަހައްދުތަކުގައި އެ ލައިސަންސަކުން ހުއްދަ ދީފައިވާ މަސްވެރިކަމެއް ކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށް ގަވައިދުގައި ވަނީ ޝަރުތުކޮށްފަ އެވެ.

ބިދޭސީން މަސްވެރިކަމުގައި ގެންގުޅުން މަނާ

ވިޔަފާރި އުސޫލުން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ވަރަށް ފުޅާކޮށް ބަޔާންކޮށްފައިވާ މި ގަވައިދުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް، ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން ވަކި މިންގަނޑަކަށް ފެތޭ ބޮޑެތި އުޅަނދުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށް ޓަކައި، އުޅަނދެއްގައި ގިނަވެގެން ދެ ބިދޭސީން ގެންގުޅެވިދާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް ނެތް އުޅަނދުތަކުން މަސްގަތުމާއި ލައިސަންސެއް ނެތް އުޅަނދަކުން ކިރުވައިފައިވާ މަސް ޕްރޮސެސްކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

އަދި މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް އަގާ ހިލާފަށް އެއަށް ވުރެ ދަށް އަގަކަށް މަސްގަތުން ނުވަތަ މަސް ގަތުމަށް ހުށަހެޅުން ވެސް ގަވައިދުގައި ބަޔާންކޮށްފައިވާ މަނާ ކަންތައްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މި ގަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަބުގެ މިންގަނޑުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

މިގޮތުން، އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 500ރ. އިން ފެށިގެން 400،000ރ. އާ ދެމެދުގެ ޖޫރިމަނާ ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox