އަމާޒަކީ އޭޝިއަން އިންޑޯ ގޭމްސް އަށް ރާއްޖެ ކޮލިފައި ކޮށްދިނުން: ނީޝާ

Aug 29, 2022, 4:33 AM
ނެޓްބޯޅަ ގައުމީ ޓީމުގެ ކޯޗު ނީޝާ "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނެޓްބޯޅަ ގައުމީ ޓީމުގެ ކޯޗު ނީޝާ "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު ސިންގަޕޫރުގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު ޓީމުގެ އަމާޒަކީ ގަދަ އަށް ޓީމްގެ ތެރޭގައި ހިމެނި އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވުން ކަމަށް ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗު ނީޝާ ހަލީމް ބުނެފި އެވެ.

ގައުމީ ނެޓްބޯޅަ ޓީމް ތައްޔާރުވަމުން އަންނަނީ ސެޕްޓެމްބަރު މަހުގެ 3-11 އަށް ސިންގަޕޫރުގައި އޮންނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕަށެވެ. މި މުބާރާތުގައި އޭޝިއާ ސަރަހައްދުގެ 11 ގައުމަކުން ވާދަކުރާނެ އެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝީއާ، ސިންގަޕޫރު، ހޮންކޮން، ތައިލެންޑް، ޖަޕާން، ބުރުނާއީ އަދި ޗައިނީސް ތައިޕޭ އެވެ. މި 11 ޓީމް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު ރާއްޖެ ލައްވާލީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސިންގަޕޫރާއި ޖަޕާން އެވެ.

މި މުބާރާތަކީ އޭޝިއާ ޗެމްޕިއަން ކަނޑައެޅުމުގެ އިތުރުން ހުރިހާ ގައުމަކަށް ވެސް މުހިންމު މުބާރާތަކެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމަށް އަންނަ އަހަރު ސައުތު އެފްރިކާގެ ކޭޕް ޓައުންގައި އޮންނަ ނެޓްބޯލް ވޯލްޑް ކަޕުން ޖާގަ ލިބޭއިރު، އޭޝިއަން ޗެމްޕިއަންޝިޕްގެ ގަދަ އަށް ޓީމަށް އޭޝިއަން އިންޑޯ ގޭމްސް އިން ފުރުސަތު ލިބޭނެ އެވެ.

ގައުމީ ނެޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމްގެ ތައްޔާރީތަކާއި ގުޅޭގޮތުން ނެޓްބޯޅަ ގައުމީ ޓީމުގެ ކޯޗު، ނީޝާ ހަލީމް ބުނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޓީމްގެ ޕްރެކްޓިސް ކުރަމުން އަންނަ ކަމަށެވެ. އަދި މުބާރާތުގެ މައިގަނޑު ޓާގެޓަކީ ރާއްޖޭގެ ރޭންކިން މަތިކުރުން ކަމަށާއި ގިނަ ދުވަސްތަކަކަށް ފަހު ބާއްވާ ސަރަހައްދީ މުބާރާތުގައި ރަނގަޅު ނަތީޖާ އެއް ނެރެ އޭޝިއަން އިންޑޯ ގޭމްސް އަށް ނެޓްބޯޅަ ޓީމް ކޮލިފައިކޮށްދިނުމަކީ އޭނާގެ އުއްމީދު ކަމަށް ވެސް ނީޝާ ވަނީ ފާހަގަކޮށްފަ އެވެ.

"އަމާޒަކީ ގަދަ އަށަކަށް އެރުން. އެންމެ ބޮޑު ޓާގެޓަކީ އެއީ. ޓޮޕް 8 އެބަ ކޮލިފައިވޭ އޭޝިއަން އިންޑޯ ގޭމްސް އަށް. އެހެންވީމަ އެ މުބާރާތަށް ކޮލިފައިވުން އެންމެ ބޮޑު އެއް ޓާގެޓަކީ" މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ޓީމާއި ހަވާލުވި ކޯޗު ބުންޏެވެ.

ކޯޗު ނީޝާ ބުނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ފަހަރުގެ ގައުމީ ޓީމުގައި އާ ކުޅުންތެރިން ގިނައިން ހިމެނުން ކަމަށެވެ. ޒުވާން ކުދިން ހޮވުމުގައި އެންމެ ބޮޑަށް ބެލީ ލޯކަލް މުބާރާތްތަކުގައި އެ ކުދިން ދެއްކި ކުޅުމަށް ކަން ވެސް ނީޝާ ވަނީ ފާހަގަކޮށްފަ އެވެ.

"އިންޓަނޭޝަނަލީ ސީނިއާ ޓީމްގައި ޕާފޯމްކޮށްފައި ތިބީ ދެ ކުދިން. ދެން ތިބީ މި ލެވެލް އަށް އަލަށް ނުކުންނަ ކުދިން. ޓީމުގައި ތިބި އާ ކުދިންނަށް ބަލާއިރު އެންމެ ފަހުން ނިމުނު ގައުމީ މުބާރާތުގައި ވަރަށް ރަނގަޅަށް ކުޅުނު ކުދިން އެތިބީ. ސީނިއާ މޮޅެތި ކުދިންނާއި ދެކޮޅަށް އެ ކުދިން ވަރަށް ރަނގަޅަށް ކުޅެފަ އެތިބީ." ނީޝާ ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ގައުމީ ޓީމުން ވަނީ ރަނގަޅު ޕްރެކްޓިސްތަކެއް ކޮށްފަ އެވެ. އެ ގޮތުން މިދިޔަ ދެ މަސް ދުވަހު ކޮންމެ ދުވަހަކު ދެ އިރު ޓީމުން ޕްރެކްޓިސް ކުރި އެވެ.

ކޯޗު ނީޝާ ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނީޝާ ބުނީ ޓީމުގެ ފިޓްނަސް ލެވެލްއާ މެދު ހިތްހަމަޖެހޭ ކަމަށާއި ޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ ބޮޑު އަނިޔާ އެއް ނެތް ކަމަށެވެ. މީގެ އިތުރުން އޮފީސްތަކުގައި ބުރަކޮށް މަސައްކަތް ކުރަމުން ވެސް ކުޅުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އޭނާ ފާހަގަކުރެ އެވެ.

ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު ކޯޗު ނީޝާ އަށް އޮތް އެންމެ ބޮޑު ފަސޭހަ އަކީ އެސޯސިއޭޝަންގެ އަމިއްލަ ކޯޓެއްގައި ބޭނުން ގަޑިއަކު ތަމްރީންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ. މީގެ ކުރިން ގައުމީ ނެޓްބޯޅަ ޓީމް ޕްރެކްޓިސް ކުރަން ބޭނުންކުރަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ އެވެ. ނަމަވެސް އަމިއްލަ ކޯޓެއް ލިބުމާ އެކު މިހާރު ޓީމަށް ފަރިތަކުރާނެ ތަނެއް ހަމަޖެހުމުގައި ހުރި ދަތިތަކަށް ވަނީ ނިމުމެއް އަތުވެފަ އެވެ.

ނީޝާ ބުނީ ރާއްޖޭގައި އޮތް ހަމައެކަނި ފުލް މެޝަމެންޓުގެ ނެޓްބޯޅަ ކޯޓުގައި ފަރިތަކުރުމަކީ ކުޅުންތެރިންގެ ކުރިއެރުމަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. ކުރިން ކުޑަ ކޯޓެއްގައި ފަރިތަކޮށްފައި ގޮސް މުބާރާތުގައި ވާދަކުރާއިރު، ކުޅުންތެރިންނަށް ބައެއް ކަންކަން އުނދަގޫކަން އޭނާ ފާހަގަކުރި އެވެ.

"ކުރިން ވާ ގޮތަކީ ކުޑަ ކޯޓެއްގައި ކުޅެލާފައި ގޮސް ފުލް ކޯޓެއްގައި ކުޅޭއިރު ތަފާތު އެބަ ފެނޭ. ކުދިންގެ މޫވްމަންޓާއި ހުރިހާ ކަމަށް ބަލާއިރު ހުރޭ ތަފާތުތަކެއް." ނީޝާ ބުންޏެވެ

ސަރަހައްދީ ބޮޑު މުބާރާތެއްގައި އެންމެ ފަހުން ދިވެހިރާއްޖެ ވާދަކުރީ 2018ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ ޓީމަށް ކުރިއެރުމެއް ނުލިބި މިހާރު އޮތީ އޭޝިއާ ސަރަހައްދަށް ބަލާއިރު ރޭންކިންގެ 10 ވަނައިގަ އެވެ. ކޯޗު ބުނީ ރާއްޖޭގެ ހައްގު މަގާމަށް ގެނައުމަށް ހުރިހާ ކުޅުންތެރިންގެ އެއްބާރުލުމާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

"އަސްލު ރާއްޖެ ޓީމް މިހާރު އޮތީ ރޭންކިންގެ ވަރަށް ދަށުގައި. އެއީ، 11 ޓީމް ވާދަކުރާއިރު ރާއްޖޭގެ ރޭންކަކީ 10. ނީޝާ ގަބޫލެއް ނުކުރަން ރާއްޖެ އޮންނަން ޖެހެނީ 10ގައި ކަމަކަށް. މީގެ ކުރިން ރާއްޖެ 5 ވަނައިގައިވެސް އޮތް. އެހެންވީމަ ގަބޫލުކުރަނީ ދާއިމީކޮށް ރަނގަޅު މެޗުތަކާއި ތަމްރީންތައް ނުލިބޭތީ އޭ އެހާ ދަށަށް މިދިޔައީ." މީގެ ކުރިން ވެސް ގައުމީ ޓީމަށް އިރުޝާދު ދީފައިވާ ކޯޗު ބުންޏެވެ.

ޒުވާން ކުޅުންތެރިން ގިނަ ޓީމަކާ އެކު މުބާރާތަށް ތައްޔާރުވުމުގައި ނެޓްބޯޅަ އެސޯސިއޭޝަނާއި ކުޅިވަރާ ބެހޭ ވުޒާރާއިން ވެދެއްވި އެހީތެރިކަން ކޯޗު ނީޝާ ފާހަގަކުރި އެވެ.

ކޯޗު ބުނީ ޕްރެކްޓިސްތަކުގައި ޓީމްގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުން މުބާރާތުގައި ދެއްކިއްޖެނަމަ ބޭނުންވާ ޓާގެޓާއި ހަމައަށް ވާސިލްވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox