ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހަށް ފޮނުވައިފި

ބާޒާރުމަތީ ފިހާރަތަކެއް ކައިރީގައި މީހުންތަކެއް ހަރަކާތްތެރިވަނީ. ޓެކްސް ބޮޑުކުރުމުން މުދަލުގެ އަގު އުފުލޭނެ ކަމަށް ސަރުކާރުން ލަފާކުރަނީ އެއް ޕަސެންޓުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބާޒާރުމަތީ ފިހާރަތަކެއް ކައިރީގައި މީހުންތަކެއް ހަރަކާތްތެރިވަނީ. ޓެކްސް ބޮޑުކުރުމުން މުދަލުގެ އަގު އުފުލޭނެ ކަމަށް ސަރުކާރުން ލަފާކުރަނީ އެއް ޕަސެންޓުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭހެން އިތުރު ދެ ބިލެއް މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފަ އެވެ. މި ބިލުގެ އިތުރުން ދެން ހުށަހަޅާފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

"އަޅުގަނޑުމެން މި މަޝްވަރާކުރަނީ ޓީޖެސްޓީ ހަތަރު ޕަސަންޓުން އިތުރުކުރަން އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުން. މިއާއެކު ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީއަށް ރިފޯމްތަކެއް ވެސް ގެންނާނަން. އަދި ސަރުކާރު ކުންފުނިތައް ހިންގުން ވެސް ސަރުކާރަށް ބަރޯސާނުވާ ގޮތަށް ބަދަލުކުރާނަން،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދީ ހަލާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، ރަޝިއާ-ޔޫކްރޭނު ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.

ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުދަލާއި ތަކެތީގެ އަގު ނޫނީ އިންފްލޭޝަން އެ މިންވަރަށް މަތިވަމުން ނުދަނީ، ތެލާއި ކާޑު ފަދަ ތަކެތިން ރައްޔިތުންނަށް ސަބްސިޑީ ދެމުންދާތީ އެވެ.

ދުނިޔޭގެ އަގުތައް މަތިވުމުގެ މައިގަނޑު ސަބްސިޑީގެ ސިފައިގައި ސީދާ ދައުލަތުން އުފުލުމުގެ ނަތީޖާއަކީ ބަޖެޓު ކުރި މިންވަރަށް ވުރެ އެތައް ގުނައެއް ރިކަރެންޓު ހަރަދު އިތުރުވެގެން ދިޔުން ކަން އަމީރު ފާހަގަކުރެއްވި އެވެ.

މިގޮތުން، ރައްޔިތުންނަށް ތެލާއި ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ހިމެނީ 343 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަ މަހަށް 910 މިލިއަން ހަރަދުވެފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އެއާއެކު އަމީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިވުމުގެ ސަބަބުން، އަގުބޮޑުކޮށް ދަރަނި ނަގައިގެން މިއަހަރުގެ ޑެފިސިޓް ބަޖެޓު ފޫއްބެއްދުމަކީ ދެކޮޅު ޖެހޭނެ ކަމަކަށް ނުވާތީ، އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފަ އެވެ.

ޖީއެސްޓީ، ޖީއެސްޓީގެ ތާރީހު

ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދުވި ގާނޫނާއެކު، އެ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު، އޭރު ރޭޓު ހުރީ 3.5 ޕަސަންޓުގަ އެވެ.

އޭގެ ފަހުން، މިހާރު ނަގަމުންދާ ހަ ޕަސަންޓަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރެވެ.

ޓޫރިޒަމް ޖީއެސްޓީ 2013ގައި ތައާރަފުކުރިއިރު އަށް ޕަސަންޓުގައި ހުރިއިރު، މިހާރު ނަގަމުންދާ 12 ޕަސަންޓަށް ބޮޑުކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox