މަސް ޓޭންކަކުން ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް

Aug 26, 2022, 5:03 AM
މަސް ޓޭންކެއްގައި މަސްތަކެއް ހަރަކާތްތެރިވަނީ: ދައުވާ ލިބުނު މީހާގެ އަދަބު ލުއިނުކޮށްދިނީ ގޭ ބަންދުގައި ހުރުމުން ޖޫރިމަނާ ނުދެއްކޭނެ ކަމަށް ކަނޑައަޅައި -- ފޮޓޯ: ހައުޓުޓޭކްކެއާއޮފްގޯލްޑްފިޝް.ކޮމް

މަސް ޓޭންކެއްގައި މަސްތަކެއް ހަރަކާތްތެރިވަނީ: ދައުވާ ލިބުނު މީހާގެ އަދަބު ލުއިނުކޮށްދިނީ ގޭ ބަންދުގައި ހުރުމުން ޖޫރިމަނާ ނުދެއްކޭނެ ކަމަށް ކަނޑައަޅައި -- ފޮޓޯ: ހައުޓުޓޭކްކެއާއޮފްގޯލްޑްފިޝް.ކޮމް

ގދ. ތިނަދޫ ގެއެއްގެ ތެރޭގައި ހުރި މަސް ޓޭންކަކުން ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ހުކުމް ކުރީ ޖުލައި 29، 2021 ގައި ގދ. ތިނަދޫ ގެއެއްގެ ތެރޭގައި ހުރި މަސް ޓޭންކަކުން ދެ ކެމެޓާއި އެއް ކާބާއި ގްރާމް ނަމަކަށް ކިޔާ ވައްތަރުގެ މަސްތަކެއް ވަގަށް ނެގި މައްސަލައެއްގަ އެވެ.

ދައުލަތުން އެ މައްސަލައިގައި ދައުވާ އުފުލި މީހާ ވަނީ އެ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން އިއުތިރާފާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން އޭނާއަށް ޝަރީއަތުން ކަނޑައަޅަންޖެހޭނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.

ޝަރީއަތުން ކަނޑައަޅަންޖެހޭ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ދައުވާ ލިބުނު ފަރާތުން އެދުނެވެ. އޭނާއަށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ގާބިލްކަން ހުރި ނަމަ ޖަލު އަދަބު، ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމުން މައްސަލައެއް ނެތް ކަމަށް ދައުލަތުން ޝަރީއަތުގައި ބުންޏެވެ.

ދައުވާ ލިބޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށް ވާތީ އެ ޖޫރިމަނާ ދެއްކޭނެ ކަމަށް ބުނެ ވަޒީފައި އުޅޭ ކަމުގެ ލިޔުން އޭނާ ޝަރީއަތަށް ހުށަހެޅި އެވެ. އެކަމަކު، ދައުވާ ލިބޭ ފަރާތަކީ މަސްތުވާތަކެއްޗާ ބެހޭ ކޯޓުގެ ހުކުމެއްގެ ދަށުން މިހާރު ވެސް ގޭ ބަންދުގައި ހުރި މީހަކަށްވާތީ އޭނާއަށް ޖޫރިމަނާ ދެއްކުމުގެ ގާބިލްކަން ނެތް ކަމަށް ފަނޑިޔާރު ކަނޑައެޅުއްވި އެވެ.

އެހެންކަމުން މަސް ޓޭންކުން ވައްކަން ކުރި މައްސަލައިގައި ދައުވާ ލިބޭ މީހާ ފުރަތަމަ ހައްޔަރުކޮށް ޖަލުގައި ހޭދަކުރި 16 ދުވަސް އުނިކުރުމަށްފަހު އޭނާގެ އަދަބެއްގެ ގޮތުގައި ޝަރީއަތުން ކަނޑައެޅީ ހަތަރު މަހާއި އަށް ދުވަހަށް ޖަލަށްލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox