ގަވައިދާ ހިލާފަށް ރީބްރޯޑްކާސްޓުކުރާ ކަމަށް ބުނެ ކަނޑޫމާ ރިސޯޓުގެ މައްސަލަ ކޯޓަށް

ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް؛ އެ ރިސޯޓުން ގަވައިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރާ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި--

ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް؛ އެ ރިސޯޓުން ގަވައިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރާ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި--

ބްރޯޑްކާސްޓުކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓުކުރުމުގެ ގަވައިދު އަދި ކޮޕީރައިޓްސް ގާނޫނާ ވެސް ހިލާފަށް، ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސްއިން ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓުކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓުގެ ތާވަލްގައިވާ ގޮތުން މި މައްސަލައިގައި ކަނޑޫމާއާ ދެކޮޅަށް ދައުވާ އުުފުލާފައިވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ މީޑިއާނެޓުންނެވެ.

ރީބްރޯޑްކާސްޓުކުރުމުގެ ގަވައިދުގެ 18 ވަނަ މާއްދާގައިވާ ގޮތުން އެއްވެސް ފަރާތަކުން ރީބްރޯޑުކާސްޓުކުރުމުގެ ގޮތުން ޗެނަލެއް ދައްކަން ވާނީ، ޗެނަލް ދޭ ފަރާތުން ދޫކުރާ ޗެނަލްތައް ރީބްރޯޑްކާސްޓުކުރުމުގެ ހައްގު ލިބިގެންނެވެ.

އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ކަނޑޫމާ ރިސޯޓުން އަންނަނީ ރީބްރޯޑްކާސްޓުކުރުމުގެ ހުއްދަ ނެތި އެ ހިދުމަތް ދެމުންނެވެ. އަދި، ކަނޑޫމާއިން ރީބްރޯޑްކާސްޓުކުރަމުން އަންނަ ބައެއް ޗެނަލްތަކަކީ އެ ޗެނަލްތައް ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް އެ ރިސޯޓަށް ލިބިގެން ނުވާ ޗެނަލްތަކެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ކޯޓުގައި ތާވަލްކުރި ހަތަރު އަޑުއެހުމަށް ވެސް ކަނޑޫމާއިން ހާޒިރުވެފައި ނުވެ އެވެ. އަދި، އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ތާވަލްކުރި އަޑުއެހުމަށް ހާޒިރުނުވުމުން، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ދައުވާ ކުރާ ފަރާތުން ވަނީ އެދިފަ އެވެ.

މީގެ ކުރިން ވެސް ރީބްރޯޑްކާސްޓުކުރުމުގެ ހުއްދަ ނެތް 40 ޗެނަލެއް ރީބްރޯޑްކާސްޓުކުރުމުގެ ސަބަބުން ކަނޑޫމާ ރިސޯޓަށް ފިޔަވަޅު އަޅާފައިވެ އެެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ރިސޯޓުން ރީބްރޯޑްކާސްޓު ކުރަމުން ގެންދާ ހުރިހާ ޗެނަލެއް ހުއްޓާލުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ބްރޯޑްކާސްޓުކުރާ ތަނުގެ ހުއްދަ ނެތި ޗެނަލްތައް ބްރޯޑްކާސްޓުކުރުމަކީ ކޮޕީ ރައިޓްސް ގާނޫނާ ވެސް ހިލާފު ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox