އަމީނީމަގުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ، މައްސަލަ އޭސީސީގައި

އަމީނީ މަގު؛ މަގު ހެދުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފަށަން އާރްޑީސީން އަންނަނީ ތައްޔާރުވަމުން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަމީނީ މަގު؛ މަގު ހެދުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފަށަން އާރްޑީސީން އަންނަނީ ތައްޔާރުވަމުން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ތައްޔާރުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ.

އާރްޑީސީގެ މީޑީއާ އޮފިޝަލަކު މި ނޫހަށް ވިދާޅުވީ އެ މަގުގެ އަމަލީ މަސައްކަތް މި މަހުގެ 30 ވަނަ ދުވަހު ފަށަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

"މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަނީ، އެގޮތުން ބޭނުންވާ ވެހިކަލް މެޝިނަރީސް ހޯދުމާއި މީހުން ނެގުން ފަދަ ކަންކަން،" އޮފިޝަލް ވިދާޅުވި އެވެ.

އާރްޑީސީން މި މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، މި މަސައްކަތް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ. މައްސަލަ އޭސީސީއަށް ހުށަހެޅީ ކުރިން 39 މިލިއަން ރުފިޔާއަށް ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން އުޅެނިކޮށް، ސަރުކާރުން 84 މިލިއަން ރުފިޔާއަށް އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުންނެވެ.

އަމީނީ މަގުގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުގެ ސީނިއާ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ނިޝާން މުހައްމަދު ދީދީ "އަދަދު" އަށް ޔަގީންކޮށް ދެއްވި އެވެ.

އެހެންނަމަވެސް, އޭސީސީން މައްސަލަ ބަލަމުން އަންނަ ކަން ރަސްމީކޮށް އާރްޑީސީއަށް އަންގާފައި ނުވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ތާވަލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް އާރްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

"އާރްޑީސީއަކީ މި މަސައްކަތުގެ ކޮންޓްރެކްޓަރުން، ވަކި ދުވަހަކަށް ނިންމަން ހަވާލުކޮށްފައި އޮތް މަޝްރޫއަކަށް ވާތީ، ހުއްޓާލަން ރަސްމީކޮށް ނާންގާ ހިނދަކު މަސައްކަތް ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސިޓީ ކައުންސިލްގެ ބޮޑެތި ތުހުމަތުތަކެއް

އަމީނީ މަގުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީ މެންބަރުން ހިމެނޭހެން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެއިރު ވިދާޅުވި ގޮތުގައި ކައުންސިލަށް އާރްޑީސީން ހުށަހެޅި އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް އަދި ވެފައި އޮތް "އެއްބަސްވުން ބާތިލް ކުރުމަށް ފަހު" އެ މަސައްކަތް އަލުން ހަވާލުކުރުމުން އެ ކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނެ އެވެ.

"އަޅުގަނޑުމެންނާ އާރްޑީސީއާ އެއްބަސްވީ 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަދަން، އަޅުގަނޑުމެންނެއް ނޫން އަގު ހުށަހެޅީ، އާރްޑީސީން އަޅުގަނޑުމެންނަށް ފޮނުވި ބީއޯކިއު، އެއީ އަދި އެ ބޭފުޅުންގެ ޕްރޮފިޓް އެއަށް ލާފައި؛ ލޭބާ ކޯސްޓު، މެޓީރިއަލް ކޯސްޓުގެ އިތުރުން ޕްރޮފިޓް އެއަށް ލާފައި 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ނިންމަން،" މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް، އާރްޑީސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ އަގު ހުށަހެޅި ނަމަވެސް، އެ އަގުގައި އެންމެ ފެންވަރު ރަނގަޅަށް މަގު ނުހެދޭނެ ކަމަށް އޭރު ވެސް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް ބުނެފަ އެވެ.

"އަޅުގަނޑަށް ދިން ބަޖެޓަކީ 40 މިލިއަނަށް ވުރެ ބޮޑު ނުވާނެހެން ގެންދަން، އޭރު ވެސް އަޅުގަނޑު ދެންނެވިން، ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމްއާއި ޑީވޯޓަރިންއާ ވެސް އެކުގައި ނޫންހޭ ރައްޔިތުންނަށް ދިމާވެގެން މި އުޅޭ ފެންބޮޑުވުމުގެ ދަތިތަކުން ސަލާމަތް ވާނީ،" އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވެފައިވެ އެވެ.

އަމީނީ މަގު ހަދަން މާލެ ސިޓީ ކައުންސިލާއި އާރުޑީސީއާއެކު އެއްބަސްވުމެއް އޮތް ކަމަށް މޭޔަރު ވިދާޅުވިޔަސް އެފަދަ އެއްބަސްވުމެއް ވެސް ނޯންނާނެ ކަމަށް އާރްޑީސީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox