ނޫސްވެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލަން އައިއެފްޖޭއިން ގޮވާލައިފި

ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން؛ އައިއެފްޖޭއިން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން؛ އައިއެފްޖޭއިން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުން މުހިންމު ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނެފި އެވެ.

އައިއެފްޖޭގެ ވަފުދެއް މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ޒިޔާރަތެއްގައި ވަނީ ނޫސްވެެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ގިނަ ބަޔަކާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފަ އެވެ.

އެއަށް ފަހު އައިއެފްޖޭއިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުން ލިބި އަދި އެކަމަށް ސަރުކާރުން ގިނަ ވައުދުތަކެއް ވެފައި ވީ ނަމަވެސް ނޫސްވެރިންނަށް އަދިވެސް ރާއްޖޭގައި ގިނަ ހުރަސްތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

އައިއެފްޖޭއިން ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތުން
  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން އެ ތަންތަނަށް ސިޔާސީ ނުފޫޒު ފޯރުން
  • ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
  • ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން
  • އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން

އައިއެފްޖޭގެ ރިޕޯޓުގައި ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުރާޖައާ ކުރެވިފައިވާ ނޫސްވެރިންގެ ސުލޫކީ މިންގަނޑެއްގެ ބޭނުންތެރިކަން ފާހަގަކޮށްފަ އެވެ.

އަދި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭ ގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިންޑަސްޓްރިއަލް ނުވަތަ ގާނޫނީ އޮނިގަނޑެއް ނެތުމުން ގިނަ މައްސަލަތަކާ ކުރިމަތިވާ ކަން ފާހަގަކޮށް، އެ ކަމުގެ މުހިންމު ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ މީޑިއާގެ ދާއިރާ އަދިވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައި، މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ކަން ކަށަވަރުކުރުމަށް ޓަކައި މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ދިފާއު ކުރުމަށް މިއަށް ވުރެ ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" އައިއެފްޖޭގެ ރިޕޯޓު ނިންމާލަމުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox