ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން ހަމަޖައްސައިފި

މިއުވާން؛ އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް ހަމަޖައްސާފއި

މިއުވާން؛ އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް ހަމަޖައްސާފއި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް އޭނާ ހަމަޖައްސާފައިވާކަން އެ އޮފީހުން ވަނީ "އަދަދު"އަށް ކަށަވަރުކޮށްދީފަ އެވެ.

މިއުވާން އެ މަގާމަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަބްރޫކް އިސްތިއުފާ ދެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވަނީ ތަރުޖަމާނު ކަމުގެ މަގާމުގައި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އެކަމަށް އުފާ ކުރައްވާ، އެކުގައި މަސައްކަތް ކުރި އެންމެނަށް ޝުކުރު ދަންނަވާފަ އެވެ.

މަބްރޫކް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް ނިންމެވިތާ ދެތިން މަސް ވެފައިވާ ކަމަށާއި، އިސްތިއުފާ ދެއްވުމައިގެން ކުރިއަށް ވަޑައިގެންނެވީ ރައީސް ސޯލިހްގެ އެއްބާރުލުމާއެކު ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވަނީ ތަރުޖަމާނުގެ މަގާމަށް އަލަށް ވަޑައިގެންނެވި މިއުވާނަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިއުވާނަކީ މޮޅު ނޫސްވެރިއެއް ކަމަށާއި، ކާމިޔާބު ސަރުކާރުގެ ކޮމިއުނިކޭޝަން އޮފިޝަލެއް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިއުވާން އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox