މޭ ހައެއް ހަމަލާގެ މައްސަލަ ބަލާ ބެންޗުން ހުސްވި މަގާމަށް ގާޒީ ފާއިޒު، ރިޔާސަތަށް ގާޒީ މިސްބާހު

ގާޒީ ހުސައިން ފާއިޒު ރަޝާދު ؛ މޭ ހައެއް ހަމަލާ މައްސަލަ ބަލާ ބެންުޗުން ހުސްވި މަގާމަށް ގާޒީ ފާއިޒް ވަނީ ހަމަޖައްސައިފަ

ގާޒީ ހުސައިން ފާއިޒު ރަޝާދު ؛ މޭ ހައެއް ހަމަލާ މައްސަލަ ބަލާ ބެންުޗުން ހުސްވި މަގާމަށް ގާޒީ ފާއިޒް ވަނީ ހަމަޖައްސައިފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް ބަލާ ގާޒީންގެ ބެންޗުގައި ހުސްވެފައިވާ މަގާމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ހަމަޖައްސަވައިފި އެވެ.

ކްރިމިނަލް ކޯޓުގައި ތިން ގާޒީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި އެންމެ ފުރަތަމަ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު މައްސަލައިން ތަނާޒުލްވި އެވެ. އެއީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އިސްހާގުގެ ދަރިއަކު އޭނާއަށް މީގެ ކުރިން އިންޒާރެއް ދީފައި އޮތުމުން މަސްލަހަތު ފުށު އަރާނެތީ އެވެ.

ދެން ބެންޗުގެ ރިޔާސަތަށް ގާޒީ ދީބަނާޒް ފަހްމީ ހަމަޖެއްސެވި އެވެ. ނަމަވެސް އެ ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބަނާޒް އައްޔަން ކުރެއްވުމުން އަނެއްކާ ވެސް ބެންޗުން ގާޒީއަކު މަދުވީ އެވެ.

"ބެންޗުގައި މިހާރު ހިމެނޭނީ ގާޒީ މުހައްމަދު މިސްބާހު، ގާޒީ ސޮއްފަތު ހަބީބު، އަދި އަލަށް ހިމެނި ގާޒީ ހުސައިން ފާއިޒު ރަޝާދު، ރިޔާސަތު ބަލަހައްޓަވާ ގާޒީއަކަށް ކަނޑައެޅުއްވީ ގާޒީ މިސްބާހު،" ކްރިމިނަލް ކޯޓުގެ އޮފިޝަލް އަމާން މުހައްމަދު ނަޖީބު މި ނޫހަށް ހިއްސާކުރެއްވި މެސެޖެއްގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހް ؛ މޭ ހައެއް ހަމަލާގެ ބެންޗުގެ ރިޔާސަތަށް ވަނީ މިސްބާހު ހަމަޖައްސާފައި

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި، އޭނާއަށް މައްސަލާގައި ދައުވާ އުފުލިފައިވާ މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ވަނީ ލިބިފަ އެވެ. އޭނާގެ ދަރިއަކު ގާޒީއަށް އިންޒާރުދިން ކަން މުޅި ބެންޗަށް އެނގުނީ ވެސް އެ ސިޓީ ލިބުމުންނެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، ގާޒީ އާދަމަށް އިސްހާގުގެ ދަރިއަށް ކަމަށްވާ މުހައްމަދު އިއުފާފް އިސްހާގު އިންޒާރު ދިނީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެންނެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި އިއުފާފުގެ ބޮޑުބެއެއް ކަމުގައިވާ މ. ކުދެހިގެ ހަސަން ޝިފާޒް ވެސް ހިމެނެ އެވެ.

ގާޒީއަށް އިންޒާރު ދިން މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ. އަދި އިންޒާރު ދިން މީހާގެ ފައިގައި ޓެގް އަޅުވަން ރައީސް ނަޝީދު ނިސްބަވްތާ އެމްޑީޕީން ވެސް ގޮވާލާފައިވެ އެވެ. އަދި މައްސަލަ ވީހާވެސް އަވަހަށް ބެލުމަށް ފަހު އޭނާގެ މައްޗަށް ދައުވާ ކުރަން ވެސް އެމްޑީޕީން ގޮވާލި އެވެ.

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން ޝިފާޒްގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އެ މައްސަލާގައި ދޫވި ބައެއް މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް ޝިފާޒްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.

މޭ ހައެއް ހަމަލާގެ މައްސަލަ މިހާތަނަށް ގޮސްފައިވާ ހިސާބު

މީގެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، އިސްހާގުގެ އިތުރަށް ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ ބައެވެ.

ޓެރަރިޒަމްގެ އެކި ދައުވާތައް އުފުލިފައިވާ އެ ޝަރީއަތުގައި މިހާތަނަށް ގޮސްފައިވަނީ ޝަރީއަތް ފެށުމުގެ ކުރީގެ މަރުހަލާތަކެވެ. މިގޮތުން ޝަރީއަތުގެ ކުރިން ހުރިހާ ފަރާތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ޝަރީއަތުން ގޮތްތަކެއް ނިންމާފައިވެ އެވެ.

ހެކި ރައްކާތެރި ކުރުމަށާއި ބައެއް ކިތާބީ ހެކި ވަކި ވަރަކަށް ހާމަކުރާ ގޮތަށް ޝަރީއަތުން ކުރިން ނެރެދީފައި އޮތް ވަގުތީ އަމުރެއް ދާއިމީ ކޮށްދިނެވެ.

ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަށް ހިމާޔަތް ލިބިދެވޭނެ ގޮތަކަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެހެން ތަނެއްގައި ބައިތިއްބައިގެން ހެކިބަސް ނަގާ ގޮތަށް ނިންމާފައިވެ އެވެ. އަދ،ި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގާ ގޮތަށް ވެސް ނިންމާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އެ އެންމެންވެސް ވަނީ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އަދުހަމަށް ކުރި ދައުވާތަކުގަ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox