މާލޭ އޯކިޑްމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ ހިންގި މާރާމާރީއަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އޭގެ ތެރެއިން 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން އަދި 19 އަހަރުގެ މީހާ ތަހުގީގުނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީޑިއާނެޓަަށް ބަޔަކު ވަދެ ދިން ހަމަލާގައި ޒަހަމްވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނެވެ.
މާލޭގައި މާރާމާރީ އާއި ފޭރުން ފަދަ ކުށްތައް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. އެފަދަ ކަމެއް ހުޅުމާލޭގައި ވެސް މިއަދު ހިނގި އެވެ. ހުޅުމާލޭގައި މީހަކު ތޫނު އެއްޗަކުން ހަމަލާދިނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށެވެ.












