އާ އިންޖީނުގެއާ އެކު ނަޑެއްލާ ރައްޔިތުންގެ 27 އަހަރުވީ ހިތްދަތިކަމަށް ނިމުން

ނަޑެއްލާގެ ކުރީގެ އިންޖީނުގެ އަދި މިފަހުން ފެނަކައިން އެރަށުގައި ތަރައްގީ ކުރި އާ އިންޖީނުގެ-- ފޮޓޯ: ފެނަކަ

ނަޑެއްލާގެ ކުރީގެ އިންޖީނުގެ އަދި މިފަހުން ފެނަކައިން އެރަށުގައި ތަރައްގީ ކުރި އާ އިންޖީނުގެ-- ފޮޓޯ: ފެނަކަ

ގދ. ނަޑެއްލާގެ އާ އިންޖީނުގޭގެ މަސައްކަތް މި މަހުގެ 14 ގައި ފެނަކަ ކޯޕަރޭޝަނުން ނިންމާލައި، ހިދުމަތް ދޭން ފެށުން ވެގެން ދިޔައީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްގެ ދައްޗަކަށް ހަލެއް ލިބިގެން ދިޔަ ދުވަހަކަށެވެ.

ހިތްގައިމު ބިޔަ އާ އިމާރާތަކަށް ފުޅަދޫގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ބަދަލުކޮށް، 538 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން އެރަށަށް ކަރަންޓުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ދޭން ފެށުމާއެކު، އެ ރަށުގެ ގިނަ ބަޔަކު ތިބީ އެ މަސައްކަތާ ދޭތެެރޭ ހިތްހަމަޖެހިގެންކަމަށް ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވި އެވެ.

"ވަރަށް ދުވަހުގެ ދަތިތަކަކަށް ހައްލެއް މި ލިބިގެންދިޔައީ. އެއީ އެހެން އުޅެފަ ކަރަންޓު ކެނޑި، ހިދުމަތް ނުލިބި، އަގުބޮޑެތި މުދާތަކަށް ގެއްލުން ލިބި އެކަހަލަ ކަންކަން ވެސް ވި. އެހެންވީމަ މިއީ ހަމަ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް،" އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ އިންޖޫމުގެ މީގެ ކުރިން ހުރީ ރަށުގެ މެދުގަ އެވެ. މިހާރު އާ އިންޖީނުގެ ރަށު މެދުން ބޭރުގައި ހުރުމުން، އަޑުގެ އުނދަގުލާއި ދުމުގެ އަސަރުން ވެސް ރައްޔިތުންނަށް އިތުރު ދަތިތަކާއި ކުރިމަތިނުވާނެތީ، އެކަމާ ވަރަށް އުފާ ކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޖީނުގެ ހުންނަ ސަރަހައްދުގަ ދިރިއުޅޭ މީހުން ވާރޭ ފެން ނުނެގިގެންވެސް އުޅޭނެ. ދުމުގެ އަސަރުކުރާތީ. އެކަމަށްވެސް ލިބުނު ހައްލެއް މިއީ."

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރެވުނު އިންޖީނުގޭގެ އޮފީސް ބައިގައި މީޓިން ރޫމަކާއި މެނޭޖަރު ރޫމަކާއި ރިސެޕްޝަން އަދި ލޮބީ ހިމެނޭ ކަމަށެވެ. އަދި ޖެނެރަލް އޮފީހަކާއި ގުދަނެއްގެ އިތުރުން 4 ފާހާނަ ހިމެނޭ ކަމަށް ފެނަކައިން ބުނެ އެވެ.

155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox