26 އަހަރު ފަހުން އުލިގަމަށް އާ އިންޖީނުގެއެއް

އުލިގަމުގެ ކުރީގެ އިންޖީނުގެ އާއި އަލަށް ހުޅުވި އިންޖީނުގެ--- ފޮޓޯ: ފެނަކަ

އުލިގަމުގެ ކުރީގެ އިންޖީނުގެ އާއި އަލަށް ހުޅުވި އިންޖީނުގެ--- ފޮޓޯ: ފެނަކަ

ސައްބީސް އަހަރަށް ފަހު ހއ. އުލިގަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އާ އިންޖީނުގެއެއް އަޅައި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެރަށަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލަ އެެވެ. މިހާތަނަށް ކަރަންޓްގެ ހިދުމަތް އެރަށުގައި ދެމުން އައީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކުޑަކުޑަ ބާ އިންޖީނުގެއަކުންނެވެ.

ޖާގައިގެ ދަތިކަމުގެ އިތުރުން އަޑު ގަދަ ކަމުން ހަމަނިދި ނުލިބޭ އެތައް ބަޔަކު އުޅެ އެވެ. އިންޖީނުގެއިން ދުވާ ތެޔޮވަހުން ވެސް އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ.

Advertisement

މި ހުރިހާ ދައްޗަކާއެކު ދިރިއުޅެމުން އައި އުލިގަމު ރައްޔިތުންނަށް މިހާރު މިވަނީ އެކަމުން އަރައި ގަނެވިފަ އެވެ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

އުލިގަމުގައި 26 އަހަރުވަންދެން މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ގެދަބުޅި އަރުވަމުން ދިޔަ ކުރީގެ އިންޖީނުގެ ބަންދު ކުރުމަށް ފަހު އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ މި މަހުގެ 14ގަ އެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ގާއިމްކޮށްފައިވާ އާ އިންޖީނުގޭގައި ބަހައްޓާފައިވަނީ 458 ކިލޯވޮޓްގެ ކެޕޭސިޓީގެ އިންޖީނެކެވެ. މި އިންޖީނުގެ ފަރުމާ ކޮށްފައިވަނީ 400 ކިލޯވޮޓްގެ ޖެންސެޓް ބެހެއްޓޭ ގޮތަކަށް ކަމަށް ފެނަކައިން ބުނެ އެވެ.

މިހާރު އާ އިންޖީނުގެ މައި އަވަށުން ބޭރުގައި ހުރުމުން، އަޑުގެ އުނދަގުލާއި ދުމުގެ އަސަރުން ވެސް ރައްޔިތުންނަށް އިތުރު ދަތިތަކާއި ކުރިމަތިނުވާނެތީ، އެކަމާ ވަރަށް އުފާ ކުރާކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.

ފެނަކަ ކުންފުނިން އުލިގަމުގައި ތަރައްގީ ކުރި އާ އިންޖީނުގެއާ އެއްކޮށް ވަނީ އެ ރައްޔިތުންގެ ވޭންދެނިވި ހިތްދަތިކަމަށް ހިނިތުންވުމާ އުފާވެރިކަން އައިސްފަ އެވެ.

ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގެރޭޑް ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ހިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫއުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox