ރިސައިކަލް ކުރަން ތަކެތި އެއްކުރާނެ ތަނެއް އަޅަން އެޗްޑީސީން މޯޕާއަށް ބިމެއް ދީފި

ރިސައިކަލް ކުރަން ތަކެތި އެއްކުރާނެ ބިމެއް ދިނުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި މޯމާއިން ސޮއިކުރުމަށް ފަހު އެއްބަސްވުން ދައްކައިލަނީ. ފޮޓޯ:އެޗްޑީސީ

ރިސައިކަލް ކުރަން ތަކެތި އެއްކުރާނެ ބިމެއް ދިނުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި މޯމާއިން ސޮއިކުރުމަށް ފަހު އެއްބަސްވުން ދައްކައިލަނީ. ފޮޓޯ:އެޗްޑީސީ

އުކާލާ ޕްލާސްޓިކް، ރިސައިކަލް ކުރުމަށް ޓަކައި އެއްކުރާނެ ތަނެއް އަޅަން، އެޗްޑީސީން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އަށް ހުޅުމާލޭން ބިމެއް ހަމަޖައްސައިދޭން، ހައުސިން ޑިވެލޮޕް ކޯޕަރޭޝަން (އެޗްޑީސީ) އެއްބަސްވެއްޖެ އެވެ.

ރިސައިކަލް ކުރުމަށް ޓަކައި އެއްކުރާ ތަކެތި ރައްކާކުރާނެ ތަނެއް އަޅަން މޯޕާއާ ބިން ހަވާލުކޮށް، އެކަމާ ބެހޭ އެމްއޯޔޫގައި ސޮއިކުރީ އެޗްޑީސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެމްއޯޔޫގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. މޯޕާގެ ފަރާތުން ސޮއިކުރެއްވީ އެެ ޖަމާއަތުގެ ރައީސް އަދި ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

މޯޕާއިން ބުނީ ކަނޑުތަކުން ޕްލާސްޓިކް މަދުކުރުމުގައި އެޖަމާއަތާއި އެެޗްޑީސީ ގުޅިގެން މަސައްކަތްކުރަން، މިއަދު ސޮއިކުރި އެމްއޯޔޫއިން މަގުފަހިވާނެ ކަމަށެވެ. އެ އެމްއޯޔޫގެ ދަށުން އެޗްޑީސީން ހަމަޖައްސައިދިން ބިމުގައި މޯޕާއިން ގާއިމްކުރާ ފެސިލިޓީ ވާނީ ޕެޓްފުޅި އެއްކޮށް، ރިސައިކަލް ކުރަން ގެންދިއުމަށްޓަކައި ބަންދުވެސް ކުރާ ތަނަކަށް ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.

އެޗްޑީސީއާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން މޯޕާއިން ކުރަން ޖެހޭ އެއްކަމަކީ ކަމަކީ ހުޅުމާލާގެ ފޭސް އެެކަކާއި ފޭސް ދޭއްގައި ޖުމްލަ 345 ޑަސްބިން ބަހައްޓައިގެން ޕެޓްފުޅިއާއި އާއްމު އެހެން ކުނި އެއްކުރުމެވެ. ދެވަނަ ކަމަކީ ހުޅުމާލޭގެ ގޮނޑުދޮށުން އެޗްޑީސީން ކަނޑައަޅާ 500 މީޓަރުގެ ސަރަހައްދެއް އަހަރަކު ހަތަރު ފަހަރު ދެމެހެއްޓެވި ގޮތަކަށް ސާފުކުރުމެވެ.

ކުނީގެ ބާވަތްތައް ވަކިކުރުމާއި ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުން އަދި ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ޓަކައި ޒުވާނުން ހޭލުންތެރިކުރުވައިގެން އާދަކާދަ ބަދަލުކުރުމުގެ ކެމްޕޭންތައް ހިންގުމަކީ ވެސް މޯޕާއިން ކުރަން އެމްއޯޔޫ ލާޒިމްކުރާ މުހިއްމު މަސައްކަތެކެވެ.

ކަނޑުތަކުން ޕްލާސްޓިކް މަދުކުރަން މޯޕާއިން ކުރާ މަސައްކަތަށް އެޗްޑީސީން ދިިން މި އެއްބާރުލުމަށް ޓަކައި އެެެޖަމާއަތުގެ ރައީސް ތޯރިގު މިއަދު އެެޗްޑީސީގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ. އެޗްޑީސީގެ ޑީއެމްޑީ ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރަން ކުރާ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދެއްވާ ކަމަށާއި އެކަހަލަ ކޮންމެ މަސައްކަތެއްގައި އެ ކޯޕަރޭޝަނުން ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox