ގާނޫނީ މުއްދަތު ހުރި މައްސަލަތަކާ ހުރެ އެހެން މައްސަލަތައް ލަސްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވެއްޖެ

ހަތް ދުވަހުން ނިންމާ މައްސަލަތަކާ ހުރެ ދިމާވާ ކަންކަން ފަނޑިޔާރު ނިޔާޒު ވިދާޅުވާ ހައި ކޯޓުގެ އަޑުއެހުން

ހަތް ދުވަހުން ނިންމާ މައްސަލަތަކާ ހުރެ ދިމާވާ ކަންކަން ފަނޑިޔާރު ނިޔާޒު ވިދާޅުވާ ހައި ކޯޓުގެ އަޑުއެހުން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކަށް ކޯޓުގެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭތީ މައުޟޫއީ ގޮތުން ނިންމަން ޖެހޭ މައްސަލަތައް ލަސްވެގެން ދާނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ނިޔާޒު އެހެން ވިދާޅުވީ އެ ކޯޓުން ބަލަމުންދާ މަދަނީ މައްސަލައެއްގައި ބޭއްވި އަޑުއެހުމެއްގަ އެވެ. އެއީ ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ދެކޮޅަށް ޝަހުދު އިބްރާހީމް މަނިކު ނަމަކަށް ކިޔާ މީހަކު ދައުވާ ކުރާ މައްސަލައެކެވެ.

އެ މައްސަލާގައި ހިމެނޭ އެއް ހަސްމުގެ ދިފާއީ ވަކީލަކު ވަނީ އެ މައްސަލަ ހައި ކޯޓުގައި ލަސްވަމުން ދާތީ ޝަކުވާ ކޮށްފަ އެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވީ، މައުޟޫއީ މައްސަލަތަކަށް ވަގުތު ހުސް ކުރެވޭނީ ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކަށް ވަގުތު ދިނުމަށް ފަހު ކަމަށެވެ.

"ގާނޫނަކުން ވަކި މައްސަލަތަކަށް މުއްދަތެއް ކަނޑައެޅުމުން އިސްކަން ދެވޭނީ އެ މައްސަލަތަކަށް ނޫންތޯ، ނޫނީ މުއްދަތު ހަމަވެގެން ދާނެ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކަން މެނޭޖު ކުރެވެން އަންނަނީ ފަނޑިޔާރުންނާއި ވަސީލަތްތައް އިތުރުކޮށްގެން ނޫނީ ގާނޫނުގައިވާ މުއްދަތަށް ބަދަލެއް ގެނެސްގެނެވެ.

".. އެ ކަންކަމަކީ އަޅުގަނޑުމެން [ފަނޑިޔާރުންގެ] އަތް މަތީގައި އޮތް ކަމެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

"ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކަށް ވަގުތު ދީގެން، އެހެން މައްސަލަތަކަށް ވަގުތު ދެވެން އޮތް ވަރު މިއީ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

އެ މައުޟޫއަށް ދެން އިތުރަށް ބަހުސް ނުކުރުމަށް ވެސް މައްސަލައިގައި ހިމެނޭ ހަސްމުންގެ ދިފާއީ ވަކީލުންނަށް ފަނޑިޔާރު ނިޔާޒު އެންގެވި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައި ނިންމުމެއް، ގާނޫނު އަސާސީއާ ނުވަތަ ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފު ކަމަށް ގަބޫލު ކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމާ ބެހޭ ފަރާތަކުން އެ ހުކުމެއް އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފް ކުރެވެ އެވެ. މިފަދަ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމުމަށް ގާނޫނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox