ހުޅުމާލޭގެ ފަޅުތެރެ އާއި ބީޗު ސަރަހައްދުން ނުރައްކާތެރި ބާވަތެއްގެ ޖެލީފިޝްތަކެއް ފެންނާތީ ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.
މި ދުވަސްވަރު ހުޅުމާލޭ ބީޗު ސަރަހައްދުން ގިނަ އަދަދަކަށް ފެންނަމުން ދަނީ "ބްލޫ ބޮޓޮލް" ޖެލީފިޝް އެވެ. މިއީ އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑުން ފެންނަ ބާވަތެއްގެ ޖެލީފިޝްއެކެވެ.
މިއީ އެހާ ވިހަގަދަ ބާވަތެއްގެ ޖެލީފިޝްއަކަށް ނުވި ނަމަވެސް މީގެ އެއްޗެއް ޖެހިއްޖެ ނަމަ، އެތަނެއް ވަރަށް ބޮޑަށް ކަހައި ރަތް ވާނެ އެވެ.
ހުޅުމާލޭގެ ގޮނޑުދޮށް ރެދަނުން ދިއްލުނު ދުވަސްވަރު ވެސް މިފަދަ ޖެލީފިޝްތަކެއް ފެނުނެވެ. އަދި، އޭރު ވެސް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކުރި އެވެ.











