ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މުޅި މާލޭގެ އިތުރުން، ހުޅުމާލޭގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
"މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެ ކުންފުނިން ބުންޏެވެ.
އަދި އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން އިތުރަށް ބުންޏެވެ.
އެ ކުންފުނިން އިތުރަށް މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ތިން ފީޑަރެއް މިހާރު އެނާޖައިޒް ކުރެވި، ބާކީ ހުރި ފީޑަރުތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.














