ގްރީން ބަލިކޮށް ކޭވައިއާރުސީ އިން ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

Jul 23, 2022, 10:19 AM
ކޭވައިއާރްސީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޭވައިއާރްސީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ ޗެމްޕިއަން ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތް ރެކްރިއޭޝަން ކުލަބު (ކޭވައިއާރުސީ) އިން ހޯދައިފި އެވެ.

އެގާރަ ޓީމާ އެކު ގައުމީ ނެޓްބޯޅަ މުބާރާތް ފަށާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގަ އެވެ. ދެ ޑިވިޝަނަށް ބަހާލައިގެން ކުޅުނު މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ ކޭވައިއާރުސީ އަދި އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް އެވެ.

ފައިނަލު މެޗުގެ ކުރިން ލީގު ބުރުގައި ކުޅުނު މެޗުން ގްރީން މޮޅުވި ނަމަވެސް ކޭވައިއާރުސީ ފައިނަލުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ތަފާތު ދެއްކި އެވެ. ގްރީނަށް މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމަން ލިބުނު ބޯޅަތައް ސްކޯ ނުކުރެވުމެވެ. މިގޮތުން ތަޖުރިބާކާރު ޝޫޓަރު އައިޝަތު ނާޒިމާ އަށް މި މެޗުގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ކުރީކޮޅު ކޭވައިއާރުސީ އިން ރަނގަޅު ލީޑެއް ނެގި އެވެ. ފުރަތަމަ ކުއާޓާ ނިމުނުއިރު، 11-17 ގައި ސްކޯ އޮތް ކަމުގައިވިޔަސް ދެ ވަނަ ކުއާޓާގައި ފަރަގު ބޮޑުވި އެވެ. ދެ ވަނަ ކުއާޓާގައި ނެގި ބޮޑު ލީޑާ އެކު ކޭވައިއާރުސީ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 46-55 އިންނެވެ.

Advertisement

ގްރީން ސްޓްރީޓްސް އާއި ކޭވައިއާރްސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ގައުމީ ޓީމްގެ ކުޅުންތެރިޔާ ނޫރް ފަޒްލިޔާނާ ކުޅުނު ގްރީން ކޮޅަށް ސްކޯ ކުރުމުގައި ކޭވައިއާރުސީގެ އައިޝަތު ސަލީމާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފައިނަލު މެޗުގެ އެންމެ ބޮޑު ތަފާތަކަށްވީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މަރިޔަމް ޝިނާއަތެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ.

ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޝިނާއަތުގެ އިތުރުން ދެން ހިމެނެނީ ކޭވައިއާރުސީގެ ހަމްނާ އަބްދުއްރަހުމާން، މަރިޔަމް ރަނާ، އައިޝަތު ސަލީމާގެ އިތުރުން ގްރީންގެ ފަޒްލިޔާނާ، އާމިނަތު ރީމް ޝާމް އަދި ޝައިނިން ސްޓާގެ އައިޝަތު ޒީކް ޝިހާމް އެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ކޭވައިއާރުސީގެ ކޯޗު ނީޝާ ހަލީމް އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޝައިނިން ސްޓާގެ އާމިނަތު އައިނީ އެވެ.

މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. ޔޫތު ޔުނައިޓެޑް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވިޔަންސާގެ މައްޗަށް 48-30 އިން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫތު ޔުނައިޓެޑްގެ މަރިޔަމް ޝިއުރާ ނާސިހު އެވެ. ދެ ވަނަ ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ވެސް ޝިއުރާ އެވެ.

ދެ ވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫތު ޔުނައިޓެޑްގެ ޖުނައިނާ އަހުމަދު އިޝްހާގު އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޔޫތު ޔުނައިޓެޑްގެ ޖުނައިނާ، މަރިޔަމް ލައިޝާ، އައިޝަތު ސަނާ އިބްރާހިމްގެ އިތުރުން ވިޔަންސާގެ އާމިނަތު ހިބާ އިސްމާއިލް، އައިޝަތު އުސްވަތު، މަރިޔަމް ދީބާ އަހުމަދު އަދި ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ އަލްމާސް އަލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox