ވިލިމާލެ ހޮސްޕިޓަލުގައި މާދަމާއިން ފެށިގެން ވެކްސިން ދޭން ފަށަނީ

ވިލިމާލެ މަގުމަތި: މާދަމާއިން ފެށިގެން ހޮސްޕިޓަލުގައި އަލުން ކުޑަކުދިންނަށް ވެކްސިން ދޭން ފަށަނީ

ވިލިމާލެ މަގުމަތި: މާދަމާއިން ފެށިގެން ހޮސްޕިޓަލުގައި އަލުން ކުޑަކުދިންނަށް ވެކްސިން ދޭން ފަށަނީ

ވެކްސިން ޖެހުން މެދުކަނޑާލިތާ 12 ދުވަހަށް ފަހު ވިލިމާލެ ހޮސްޕިޓަލުގައި މާދަމާ އިން ފެށިގެން ކުޑަކުދިންނަށް އަލުން ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން މެދުކަނޑާލީ މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުއްޖަކަށް ޖެހުނު މައްސަލައެއް ފެންމަތިވެގެންނެވެ.

އެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ކަމެއް ދެވަނަ ފަހަރު ތަކުރާރު ނުވާނެ ކަން ކަށަވަރުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

"ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާ އެއް ގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން 8 ޖޫން 2022 (މާދަމާ) އިން ފެށިގެން ވެކްސިން ދިނުން ފަށާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ." މާލޭގައި ހިންގާ ސަރުކާރު ހޮސްޕިޓަލް އައިޖީއެމްްއެޗްގެ ބަޔާނުގައިވެ އެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކަމަށް ބުނެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާންމުކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި އެ ވެކްސިންގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.

އޭގެ ކުރިން، 2018 ވަނަ އަހަރު ތެރޭގައި ވެސް ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ޖެހި މައްސަލައެއް، 2019 ވަނަ އަހަރު ތެރޭގައި ފެންމަތިވެފައިވެ އެވެ. އެ މައްސަލައިގައި އެޗްޕީއޭއާ ގުޅިގެން މައްސަލަ ބެލުމަށްފަހު، ފިޔަވަޅު އަޅާފައިވާނެ ކަމަށް އައިޖީއެޗުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox