އިންތިހާބާ ގުޅިގެން ހުށަހެޅީ އެންމެ ޝަކުވާއެއް، ސީރިއަސް މައްސަލައެއް ނެތް: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: މިހާތަނަށް ރަސްމީކޮށް ހުށަހެޅިފައިވަނީ އެންމެ މައްސަލައެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: މިހާތަނަށް ރަސްމީކޮށް ހުށަހެޅިފައިވަނީ އެންމެ މައްސަލައެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދު ކުރިއަށްދާ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތަކާ ގުޅިގެން މިހާތަނަށް ހުށަޙަޅާފައި ވަނީ އެންމެ ޝަކުވާއެއް ކަމަށް އެ އިންތިހާބުތަކުގެ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީން ބުނެފި އެވެ.

އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު "އަދަދު" އަށް ވިދާޅުވީ އިންތިހާބާ ގުޅިގެން މިހާތަނަށް ޖުމްލަ ހަތަރު މައްސަލައެއް އެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ލިޔުމުން ހުށަހަޅާފައިވަނީ އެންމެ މައްސަލައެއް ކަމަށާއި ބާކީ ތިން މައްސަލައަކީ ފޯނުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް މަނިކު ވިދާޅުވި އެވެ.

"މިހާތަނަށް ހުށަހެޅުނު ހުރިހާ މައްސަލައެއް ވެސް ވާނީ ބަލައިފައި، ނަތީޖާއަށް އަސަރު ކުރާ ފަދަ ސީރިއަސް މައްސަލައެއް ނެތް ހުށަހެޅިފައެއް،" މަނިކު ވިދާޅުވި އެވެ.

ޝަކުވާ ކޮމިޓީން މިހެން ބުނެފައިވީ ނަމަވެސް، ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ވަނީ މިހާތަނަށް 16 މައްސަލައެއް ލިޔުމުން ހުށަހަޅައިފައިވާނެ ކަމަށް ބުނެފައެވެ.

އިންތިގެ ތަރުޖަމާނު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ގިނަ ޝަކުވާތަކެއް އެ ޓީމަށް ލިބެމުން އަންނަ ކަމަށާއި އޭގެ ތެރެއިން 16 މައްސަލައެއް އެ ޓީމުން ލިޔުމުން އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

"ގިނަ ޝަކުވާތަކެއް ލިބެމުން އަންނަނީ، ޝަކުވާތައް ބަލައި ވެރިފައި ކުރުމަށްފަހު އިންތިހާބުތަކާ ގުޅޭ ކޮމިޓީއަށް ރަސްމީކޮށް ވާނީ ހުށަހަޅައިފައި،" ވައްޑޭ ވިދާޅުވި އެވެ.

އިންތިގެ ޓީމުން ފެންމަތިކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓުލާ މަރުކަޒުގެ ތެރޭގައި ވޯޓު ކަރުދާސް ދައްކަން މަޖުބޫރު ކުރާ ކަމަށް ބުނާ މައްސަލައަކާއި ވޯޓު ކަރުދާސް ލިބުނު އިރު ފާހަގަ ޖަހާފައިވާ މައްސަލައެއްގެ އިތުރުން އިންތިގެ އޮބްޒާވަރުންނަށް ވޯޓުލާ މަރުކަޒުތަކުގެ ހުރަސް އަޅަމުން އަންނަ ކަމަށް ބުނާ ޝަކުވާތަކެއް ހިމެނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ވަރަށް ވާދަވެރި ކެމްޕޭނެއް ކުރި އިރު މައިގަނޑު ގޮތެއްގައި އެ ކެމްޕޭން ބިނާވެފައި އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރާ ތާއީދާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރާ ތާއީދުގެ މައްޗަށެވެ. އެގޮތުން ދެ ފެކްޝަނެއް އުފެދި މި އިންތިހާބުގެ ކެމްޕޭންގެ ވަރަށް ބޮޑަށް ފޯރިގަދަވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވާދަކުރައްވާ މި އިންތިހާބު ފާހަގަވަނީ އެމްޑީޕީގެ ކުރިމަގު ކަނޑައަޅާ ވޯޓެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox