އަންމަޓީ ދޫކޮށްލުމުން އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އަންނަ އާދީއްތަ ދުވަހު!

އަންމަޓީ ދޫކޮށްލުމުން އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އަންނަ އާދީއްތަ ދުވަހު!

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކުރަން ނިންމައިފި އެވެ.

ޝަރުތުތަކާއެކު އަންމަޓީ ދޫކޮށްލަން ދަށު ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި ދައުލަތުން ފުރަތަމަ އިސްތިއުނާފް ކުރަނީ ދެ ދުވަސް ފާއިތުވާ ފަހުންނެވެ. ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަކަށް ރިއާޔަތްކޮށް އެ މުއްދަތު ފަހުން ހުށަހެޅި ނަމަވެސް ކޯޓުން މައްސަލަ ބޭރުކޮށްލި އެވެ.

ދެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ދައުލަތުން ރިއާޔަތް ކުރި ގަވާއިދު އޮތީ ގާނޫނާ ހިލާފަށް ކަމުގަ އެވެ. އެކަމަކު ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިއަށް ހުށަހެޅިފައިވާ މައްސަލަތައް ގެންދަން އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމައި އަމުރު ކުރި އެވެ.

ހައި ކޯޓުން އަލުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި އޮތުމުން މިއަދު މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވި އެވެ. ދަށު ކޯޓުގެ މިފަދަ އަމުރުތައް ހަތް ދުވަހުގެ ތެރޭގައި ނިންމަން އޮތުމުން މިއަދުން މިއަދަށް ކޯޓުން އަޑުއެހުންތައް ނިންމާލި އެވެ.

ގާނޫނުގައި ބަޔާން ކުރާ ހަތް ދުވަހުގެ މުއްދަތަ ހަމަވަނީ އަންނަ އާދީއްތަ ދުވަހަށް ކަން ފާހަގަ ކުރައްވާ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ވިދާޅުވީ އެ ދުވަހު މައްސަލައިގެ ހުކުމް ކުރުމަށް އަޑުއެހުން ބާއްވަން ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ހައި ކޯޓުގައި މި ފަހަރު ބައްލަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބްގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ދައުލަތުގެ އިސްތިއުނާފީ ނުކުތާ އިއްވަވަމުން ޕަބްލިކް ޕްރޮސެކިއުޓަރު އިބްރާހީމް ނާސިހް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ ފަރާތްތަކުގެ ބަންދު މުރާޖައާގައި ރިއާޔަތް ކުރުމަށް ގާނޫނުގައި ބަޔާން ކުރާ ކަމަކީ ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އޮތް ހާލަތު ދެމިއޮތްތޯ ނުވަތަ ނޫންތޯ އެވެ.

ނަމަވެސް، އޭގެ އިތުރަށް ކަންކަން ބަލާފައި ޝަރުތުތަކާއެކު އަންމަޓީ ދަށު ކޯޓުން ދޫކޮށްލީ ހައި ކޯޓުން މީގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރުނު އަމުރާ ހިލާފަށް ކަމަށް ދައުލަތުން ބުނެ އެވެ. އަދި، ދައުލަތުން ވަނީ އަންމަޓީ އަދިވެސް ފިލުމުގެ އިހްތިމާލް އޮތް ކަމަށް ބެލެވޭ ނުކުތާ ވެސް ހުށަހަޅައިފަ އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި، ދިފާއީ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ، ފިލައިގެންދާނެ ކަމުގެ އިހުތިމާލު އޮތް ނަމަ، ފިލައިގެން ދާނެ ގޮތެއް ސާފުކޮށްދޭން ޖެހޭނެ ކަމުގަ އެވެ. އެކަން ދައުލަތަށް ކިޔައިދެވިފައި ނުވާއިރު ބޭރަށް ފުރައިގެން ދާން އަންމަޓީގެ ޕާސްޕޯޓް ނެތް ކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ ފަރާތެއްގެ ބަންދު މުރާޖައާ ކުރަން އޮންނަނީ ސަބަބާއި ހާލަތު ވެސް ބަދަލުވާތީ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. މިހާރު ހާލަތު އޮތް ގޮތުން އަންމަޓީއަށް ފިލައިގެން ދެވޭނެ ގޮތެއް ނެތް ވަރުގެ ޝަރުތުތަކެއް ދަށު ކޯޓުން ކޮށްފައިވާތީ އަމުރު ދަމަހައްޓަން އެދުުނެވެ.

އަންމަޓީ މައްސަލައިގެ ފަސްފަހަތް

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަންމަޓި ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމުގެ ކުރިއަށް، އަންމަޓީގެ ދައްތައާއި ކޮއްކޮއެއް ޖާމިނުކޮށްފައި ވެސް މީގެ ކުރިން ބަންދުން ދޫކޮށްލާފައިވެ އެވެ. ނަމަވެސް، އެ ފަހަރުތަކުގައި ހައި ކޯޓުން އެ އަމުރުތައް ބާތިލުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރު ނެރެދީފައިވެ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ. އަދި މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމަށާއި، ލަންކާގައި ދިރިއުޅުން ބައްޓަން ކުރެވުނުތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ލަންކާގައި އުޅުނީ ދިވެހި ދައުލަތަށް ފިލައިގެން ނޫން ކަމަށެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox