އަންމަޓީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު މުރާޖާކުރަން ހުށަހަޅަނީ

ސުޕްރީމް ކޯޓު. އަންމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސުޕްރީމް ކޯޓު. އަންމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅަން ނިންމައިފި އެވެ.

ހައި ކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ 48 ގަޑިއިރުގެ މުއްދަތު ފާއިތުވި ފަހުން ދައުލަތުން މައްސަލަ ހުށަހެޅުމުން ކަމަށް ބުނެ އެވެ.

ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގައިވާ ގޮތުން ދުވަސް ގުނަނީ މައްސަލަ ނިންމާ ދުވަހާ ޖެހިގެން ދެ ދުވަސް ހިމެނޭ ގޮތުން ކަމުގަ އެވެ. އެ ދެމެދަށް ބަންދު ދުވަހެއް އައިސްފިނަމަ އެ ވެސް ނުހިމަނަ އެވެ. ދައުލަތުން އިސްތިއުނާފު ކުރުމުގެ 48 ގަޑިއިރު ގުނަމުން އައީ މި ގަވާއިދާ އެއްގޮތަށް ކަމަށް ވާއިރު، ސުޕްރީމް ކޯޓުން މިއަދު ނިންމީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ އެ މާއްދާ ގާނޫނާ ހިލާފު ކަމަށެވެ. އަދި އަންމަޓީ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލަން ވެސް އަމުރު ކުރި އެވެ.

"މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައި ކޯޓުން މައުޟޫއީ ގޮތެއްގައި ބަލަން ޖެހޭ މައްސަލައެއް ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ގުނާނީ ވަގުތުން ފެށިގެން ކަމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅަން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ނިންމުގައިވެ އެެވެ.

އެ ނިންމުމަށް ފަހު އައްމަޓީގެ ފަރާތުން ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައެއްގައި ދައުލަތުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވާ ހާލު އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރި ފަރާތަކީ އައްމަޓީގެ ކަމަށް ވެފައި އެ މަންފާ އޭނާއަށް ލިބެންޖެހޭނެ ކަމަށެވެ.

"[އެހެންވެ] މި ނުކުތާ އަހުމަދު މޫސާ މުހައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް މުރާޖައާކުރުމަށް ހުށަހެޅުމަށް ނިންމައިފީމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

titledesc

އަންމަޓީގެ މައްސަލަ އިސްތިއުނާފު ކުރި ގޮތް

20 މާރިޗު 2022 . ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސް

21 މާރިޗު 2022 . ފުރަތަމަ ދުވަސް - ގުނާ ދުވަހެއް

22 މާރިޗު 2022 . ދެ ވަނަ ދުވަސް - ގުނާ ދުވަހެއް

23 މާރިޗު 2022 . އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް

އަންމަޓީ މައްސަލައިގެ ފަސް މަންޒަރު

އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުުރީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަންމަޓީ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ނަމަވެސް، އެ ފަހަރުތަކުގައި ހައި ކޯޓުން އެ އަމުރުތައް ބާތިލުކޮށް އޭނާ ބަންދު ކުރި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ. އަދި ފްލެޓްތައް ވިއްކުމަށް ފައިސާ ނަގާފައިވާއިރު، އެއީ މަކަރާއި ހީލަތުން ނެގި ފައިސާ ކަމާއި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާއިނެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމައި ފިލައިގެން ނޫން ކަމުގަ އެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox