އަންމަޓީ މައްސަލަ ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އަންމަޓީ މައްސަލަ ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ހައި ކޯޓުގައި އިސްތިއުނާފް ކުރި އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ 48 ގަޑިއިރުގެ މުއްދަތު ފާއިތުވި ފަހުން ދައުލަތުން މައްސަލަ ހުށަހެޅުމުން ކަމަށް ބުނެ އެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރީ އިސްތިއުނާފީ އެއް ނުކުތާއަށެވެ. އެއީ ގާނޫނުގައިވާ މުއްދަތު ގުނަން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިއާޔަތްކޮށްފަ އެވެ.

ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަށެވެ. އޭގައިވާ ގޮތުން ދުވަސް ގުނަނީ މައްސަލަ ނިންމާ ދުވަހާ ޖެހިގެން ދެ ދުވަސް ހިމެނޭ ގޮތުން ކަމުގަ އެވެ. އެ ދެމެދަށް ބަންދު ދުވަހެއް އައިސްފިނަމަ އެ ވެސް ނުހިމަނަ އެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ، ގަވާއިދުގައި ހިމެނޭ އެ މާއްދާ އޮތީ ގާނޫނާ ފުށު އަރާ ގޮތަށް ކަމަށެވެ. އެހެންވެ އެއީ ގާނޫނާ ހިލާފަށް ހިމެނިފައި އޮތް ގަވާއިދެއް ކަމަށް ކަނޑައެޅުއްވި އެވެ.

އެހެންވިޔަސް އެ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުގެ ކުރިއަށް ގަވާއިދުގެ އެ މާއްދާގައި ހިމެނޭ އިރުޝާދަށް ބަލައިގެން ހުށަހެޅި މައްސަލަތައް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވި އެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއާއި، ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިއްތިފާގުވެގެން ނެރުނު އަމުރުގައި ވަނީ، ހައި ކޯޓުގެ ނިންމުން ބާތިލްކޮށް އެ މައްސަލަ އެ ކޯޓުގައި ބަލަން ޖެހޭނެ ކަމަށެވެ.

"މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައި ކޯޓުން މައުޟޫއީ ގޮތެއްގައި ބަލަން ޖެހޭ މައްސަލައެއް ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ގުނާނީ ވަގުތުން ފެށިގެން ކަމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅަން،" ރިޔާސަތުން ނިންމުން އިއުލާން ކުރެއްވި އެވެ.

titledesc

އަންމަޓީގެ މައްސަލަ އިސްތިއުނާފް ކުރި ގޮތް

  • 20 މާރިޗު 2022 . ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސް
  • 21 މާރިޗު 2022 . ފުރަތަމަ ދުވަސް . ގުނާ ދުވަހެއް
  • 22 މާރިޗު 2022 . ދެވަނަ ދުވަސް . ގުނާ ދުވަހެއް
  • 23 މާރިޗު 2022 . އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް

އަންމަޓީ މައްސަލައިގެ ފަސްފަހަތް

އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުުރީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަންމަޓި ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ނަމަވެސް، އެ ފަހަރުތަކުގައި ހައި ކޯޓުން އެ އަމުރުތައް ބާތިލުކޮށް އޭނާ ބަންދު ކުރި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ. އަދި މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމައި ފިލައިގެން ނޫން ކަމުގަ އެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox