އަންމަޓީ މައްސަލައިގެ ޝަރީއަތުގެ ބޭރުން ޕީޖީ ވާހަކަ ދައްކައި ބްލޮގު ލިޔުން ހުއްޓުވަން އެދިއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. އޭނާ ބްލޮގު ލިޔުން ހުއްޓުވަން އަންމަޓީ ވަނީ އެދިފައި --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. އޭނާ ބްލޮގު ލިޔުން ހުއްޓުވަން އަންމަޓީ ވަނީ އެދިފައި --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ސީލައިފް އިން ފްލެޓްތައް ދޫނުކޮށް އޮޅުވާލައިގެން ގިނަ ބަޔެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހިޔާނާތުގެ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ މައްސަލައިގައި ޝަރީއަތުން ބޭރުގައި މައްސަލަ ހިނގާ ގޮތަށް ފާޑުކިޔައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބްލޮގު ލިޔުއްވުން ހުއްޓުވައި ދޭން އަންމަޓީގެ ފަރާތުން އެދިއްޖެ އެވެ.

ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހުމީ ނިންމެވި ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އިސްތިއުނާފް މުއްދަތު ފާއިތުވި ފަހުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ހައި ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ފާޑު ވިދާޅުވެ ލިޔުއްވީ އެ ނިންމުމާ މެދުގަ އެވެ.

ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، އެ ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އަންމަޓީގެ ވަކީލުންނަށް ދިން ފުރުސަތުގައި ވަކީލު މަރިޔަމް ނިހާޔަތު ވަނީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ނިންމެވުމަށް އަދި ކްރިމިނަލް ކޯޓުގެ ގާޒީއަށް ނިސްބަތް ކުރައްވައި ޝަމީމް ލިޔުއްވި ޓްވީޓަކާއި ބްލޮގް ޕޯސްޓް ޝަރީއަތާ ހިއްސާ ކުރައްވައިފަ އެވެ.

އަންމަޓީގެ ފަރާތުން އެދުނީ "ގެގް އޯޑާ" އެއް ނެރެދިނުމަށެވެ. އެފަދަ އަމުރަކީ ޝަރީއަތެއްގެ ނިންމުމަކާ ގުޅިގެން ފަނޑިޔާރުންގެ ޒާތަށް ނިސްބަތްކޮށް ފާޑުކިޔައި، ޝަރީއަތުގެ ބޭރުން ވާހަކަ ދައްކާ ދެއްކުން ހުއްޓުވުމެވެ. އޭގެ އުސޫލެއް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ވެސް އޮވެ އެވެ. މިފަދަ އަމުރުތަކެއް މީގެ ކުރިން ހައި ކޯޓުގެ ބައެއް ގަޒިއްޔާތަކުގައި ހިމެނޭ ކަން އަންމަޓީގެ ފަރާތުން ފާހަގަ ކުރި އެވެ.

ޝަމީމްގެ ޓްވިޓާއި ބްލޮގު ޕޯސްޓުގެ އިތުރަށް ބައެއް އަޑުއެހުންތަކުގައި ދައުލަތް ތަމްސީލު ކުރައްވާ ޕީޖީގެ ވަކީލުން ދައްކަވާފައި ހުރި ބައެއް ވާހަކަތައް ވެސް އަންމަޓީގެ ފަރާތުން ފާހަގަ ކުރި އެވެ.

އެގޮތުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލަކު، އަންމަޓީ ދޫކޮށްލީ ގާޒީ ދީބަނާޒް އާ އޮތް ގުޅުމެއްގެ ސަބަބުން ކަމަށް ވިދާޅުވެފައިވާތީ އެކަން ވެސް ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެ ޝަމީމްގެ އަމިއްލަ ބްލޮގްގައި އެފަދަ އިބާރާތްތައް ބޭނުން ކުރައްވައިގެން ލިޔުއްވުމަކީ މައްސަލައަށް ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި ނިހާޔަތު ސިފަ ކުރެއްވި އެވެ.

އަންމަޓީގެ ފަރާތުން ފާހަގަ ކުރި ނުކުތާ އާ ގުޅޭގޮތުން ދައުލަތުގެ ވަކީލުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަމުރާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޕީޖީ ބްލޮގްގައި ލިޔެފައިވާ ވާހަކަތައް

ހުސައިން ޝަމީމްގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވަނީ، އިސްތިއުނާފު ކުރަން ގާނޫނުގައި އޮންނަ މުއްދަތު ފާއިތުވި ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް, އިސްތިއުނާފު ކޮށްފައި ވަނީ އެ މުއްދަތުގެ ތެރޭގައި ކަމަށެވެ.

ޝަމީމްގެ އެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން އޭނާ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ އެވެ.

އޭގައިވާ ގޮތުން ދުވަސް ގުނަނީ މައްސަލަ ނިންމާ ދުވަހާ ޖެހިގެން ދެ ދުވަސް ހިމެނޭ ގޮތުން ކަމުގަ އެވެ. އެ ދެމެދަށް ބަންދު ދުވަހެއް އައިސްފިނަމަ އެ ވެސް ނުހިމަނަ އެވެ.

މި ސަބަބުތަކާ ހުރެ އަދި ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި މިއަދުގެ ވަގުތެއްގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ ޝަމީމް ލިޔުއްވާފައިވެ އެވެ.

"ޖިނާއީ އިޖުރާއާތާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނެ ގޮތް ގަވާއިދުގައި އެބަ އޮތް، ޕީޖީ އޮފީހުން، މުއްދަތު އޮއްވާ މައްސަލަ ހުށަހަޅާފައިވޭ، ހައި ކޯޓުގެ ނިންމެވުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ.

އަންމަޓީ މައްސަލައިގެ ފަސްފަހަތް

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމައި ފިލައިގެން ނޫން ކަމުގަ އެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ. އަންމަޓީގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ އިންކާރު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox