ހުޅުމާލޭގެ ބައެއް ޕާކުތަކުގައި ހަރުކޮށްފައިވާ ބައްތިތަކަށް ގެއްލުންދޭ މައްސަލަ ބޮޑުވެފައިވާތީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިއްޔެ ވަނީ ހުޅުމާލެ ފެހިރެސް ޕާކްގައި ހުރި ހުރިހާ ބައްތިތަކަކަށް ގެއްލުންދީފަ އެވެ.
އެޗްޑީސީން ބުނީ ޕާކުތަކުގައި ހުންނަ ބައްތިތަކަށް ގެއްލުންދޭ މައްސަލަ އަކީ އަބަދުވެސް ދިމާވާ ކަމެއް ކަމަށެވެ. އެކަންކަން ރަނގަޅު ކުރި ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން އެޗްޑީސީން ބުނީ ޕާކު ތަކާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ބައްތި ފަދަ ތަކެއްޗަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެހެއްޓިފައިވާ ތަކެތި ކަމަށެވެ.
އެކަންތައް ތަކުރާރުކޮށް ކުރަމުންދާތީ އެޗްޑީސީން ވަނީ ހިތާމަ ފާޅުކޮށްފަ އެވެ. އަދި އެފަދަ ތަކެއްޗަށް ގެއްލުން ނުދިނުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.













