ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓު ބިލު ބޮޑެއް ނުވާނެ: ސްޓެލްކޯ

 ސްޓެލްކޯގެ އެމްޑީ ޝަރީފް: އޭނާ ވިދާޅުވީ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ކަރަންޓު ބިލަށް ނުކުރާނެ ކަމަށް -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީ ޝަރީފް: އޭނާ ވިދާޅުވީ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ކަރަންޓު ބިލަށް ނުކުރާނެ ކަމަށް -- ފޮޓޯ: ސްޓެލްކޯ

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުނު ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ އަގަށް އޭގެ އަސަރު ނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ދާދިފަހުން އައްޔަންކުރި އަހްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައި ވީނަމަވެސް، ކުރިން ތެޔޮ ގަންނަމުން ދިޔަ އަގާ އެއްހަމައެއްގައި އެ ކުންފުންޏަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ކަރަންޓު ބިލު ބޮޑުވުމުގެ ބިރެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

"ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ، ފްލެޓް ރޭޓް [އެއް ހަމައެއް] ގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ވަނީ ހަމަޖައްސާފައި،" މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ފޯރިކޮށްދެމުންދާ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.

އެންމެ ގިނައިން ރާއްޖެއަށް ތެޔޮ އެތެރެކުރާ، އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށެވެ. ޑީސަލް ލީޓަރެއް އުޅެނީ 14.80ރ. އަށެވެ. މިއީ ޕެޓްރޯލް ލީޓަރަކުން 2.54ރ.، ޑީސަލް ލީޓަރަކުން 2.36ރ. ގެ ބޮޑުވުމެކެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް 12.06ރ. ވިއްކަމުން ދިޔައިރު، ޑީސަލް ލީޓަރެއް ވިއްކީ 12.44 ރ. އަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގުތައް ވަނީ 30 ޕަސެންޓު އުފުލިފަ އެވެ. މި ހަފްތާފައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 139 ޑޮލަރަށް އެރި އެވެ.

ބުދަ ދުވަހު އަގު 106 ޑޮލަރަށް ތިރިވުމަށް ފަހު އަނެއްކާވެސް ބުރާސްފަތި ދުވަހު އަގު އުފުލުފައި ވަނީ 114 ޑޮލަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox