މިލާން ޑާބީގެ ފުރަތަމަ ލެގުގައި ގޯލެއް ނުޖެހި އެއްވަރު

Mar 2, 2022, 3:31 AM
އިންޓަގެ ޕެރިސިޗް (ކ) ޖަހާ ބޯޅައެއް ބްލޮކްކުރަން މިލާންގެ ޖިރޫޑް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންޓަގެ ޕެރިސިޗް (ކ) ޖަހާ ބޯޅައެއް ބްލޮކްކުރަން މިލާންގެ ޖިރޫޑް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (މާޗް 2) - އިޓާލިއަން ކަޕްގައި ރޭ އޭސީ މިލާނާއި އިންޓަ މިލާން ކުޅުނު ސެމީ ފައިނަލްގެ ފުރަަތަމަ ލެގުގެ މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެދި މިލާނުގެ ދެ ކްލަބުން އެކުއެކީގައި ޝުއޫރުފާޅުކުރި އެވެ. އެކަމަށްޓަކައި، މިލާނަށް ކުރިން ކުޅުނު ފޯވާޑް، ޔޫކްރެއިންގެ އަންދްރޭ ޝެވްޗެންކޯ ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން މިލާނަށް ގޯލެއް ޖަހައިދޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އަލެކްސިސް ސަލަމާކާ އެވެ. އޭނާ ޖެހި ބޯޅަ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފަަހަތުން ފަށައިގެން ބޯޅަ ހިފައިގެން ގޮސް، މިލާންގެ ފުލްބެކް ތިއޯ ހެނާންޑޭޒް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

Advertisement

ފުރަތަމަ ހާފުގައި އިންޓަ އިން އެންމެ ފުރަތަމަ ނުރައްކާކުރީ ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ ފޮނުވާލި ހިލޭ ޖެހުމުންނެވެ. އެ ބޯޅަ ދިޔައީ މިލާން ޑިފެންޑަރެއް ބޮލުގައި ޖެހިފައި ބޭރަށެވެ.

އަނިޔާގެ ސަބަބުން ޒްލަޓާން އިބްރަހިމޮވިޗް ނުލައި މިލާނުން ކުޅެމުންދިޔައިރު، ދެ ވަނަ ހާފު ފަށައިގެން އެ ޓީމުގެ ޕޯޗުގީސް ފޯވާޑް ރަފައެލް ލެއާއޯ އޭރިއާ ރޮނގުކައިރިން ދުރު ކަނަށް ފޮނުވާލަން ޖެހި ބޯޅަ އިންޓަ ކީޕަރު ހަންޑަނޯވިޗް ވަނީ ހުއްޓުވައިފަ އެވެ.

އޭގެ ފަހުން އިންޓަގެ ޑެންޒެލް ޑަމްފްރީސް ގޯލު ކުރިމައްޗަށް ނެގި ހުރަސް އެ ޓީމުގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން މިލާންގެ ކަލޫލޫ ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ. އިންޓަގެ ކުރިއަށް ކުޅޭ ލަޓާރޯ މާޓީނޭޒާއި އެޑިޒް ޖެކޯ އަދި އަލެކްސިސް ސަންޗޭޒަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.

މެޗުގެ ފަހު ފުރުސަތަކަށް މިލާންގެ ބްރެޒިލް ވިންގް، ޖޫނިއާ މެސިއަސް އޭރިއާތެރެއިން ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

އިޓާލިއަން ކަޕްގެ އަނެއް ސެމީގައި މިރޭ ޔުވެންޓަސް ބައްދަލުކުރަނީ ފިއޮރެންޓީނާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox