ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓްތަަކަށް ޓެސްޓް ކިޓް ހަދިޔާ ކުރަން އުރީދޫން ނިންމައިފި އެވެ.
އެ ތަކެތި ހަދިޔާ ކުރަން ނިންމީ ދުޅަހެޔޮ ސިއްހަތެއް ރާާއްޖޭގައި ދެމެހެއްޓުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.
އެ ޓެސްޓް ކިޓްތައް ހަދިޔާ ކުރާކަަަން ހާމަކޮށްފަައި ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކަޓިވް އޮފިސަރު މިސްޓަރު ހާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަަަލުންނާ އެކު ބޭއްވުނު ހާއްސަަ ބަައްދަަލުވުމެއްގަަަ އެވެ.
އުރީދޫގެ އެ ނިންމުމާއެކު ޓެސްޓް ކިޓް ތަކާއެކު ސްޓެތެސްކޯޕާއި ޑިޖިޓަލް ސްފިގްމާނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރާއި ނެބިއުލައިޒަ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭނެ އެވެ.
އެ ކިޓުތައް މި އަހަރު ކުރީކޮޅުގައި ހެލްތް ސެންޓަަރުތަކަށް ފޮނުވާނެ އެވެ.
އުރީދޫއަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަ ލަނޑުދަނޑި “ގުޑް ހެލްތް އެންޑް ވެލްބީން” ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލާ ރަން އަކީ ވެސް މި ބޭނުމުގައު ބާއްވާ ހާއްސަ ހަރަކާތެކެވެ.
2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިވެ އެވެ.
މީގެ އިތުރުން، ކޮވިޑް ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފަ އެވެ.
ހަމަައެއާާ އެކު، މި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00ރ. ހަދިޔާކޮށްފައިވެ އެވެ.










