ފްލެޓް ދޭނަމޭ ކަމަށްބުނެ އެޗްޑީސީ ނަމުގައި ފޭކް ކޯލުތަކެއް!

އެޗްޑީސީގެ ނަމުގައި ފޭކް ކޯލުތަކެއް އާންމުންނަށް: އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް އެޗްޑީސީން ވަނީ އެދިފައި--

އެޗްޑީސީގެ ނަމުގައި ފޭކް ކޯލުތަކެއް އާންމުންނަށް: އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް އެޗްޑީސީން ވަނީ އެދިފައި--

ހުޅުމާލެ ފޭސްޓޫގައި ހިންގާ މަޝްރޫއަކުން ފްލެޓެއް ލިބެން އޮތް ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އޮޅުވާލައިގެން މީހުންނަށް ގުޅަމުން ދަނީ، ފޯނަށް އަންނަ ސެކިއުރިޓީ ކޯޑެއް ހޯދުމަށެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާގެ މުއާމަލާތް ހިންގަން އުޅޭ ކަމުގެ ޝަކުވާތައް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. ފްލެޓް ދޭނެ ކަމަށް ބުނެ ފައިސާގެ މުއާމަލާތް ހިންގުމަށް މޯބައިލް ނަމްބަރުތަކުން އެ ކުންފުނިން ނުގުޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement

އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އެ ކޯލް ރެކޯޑިން ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު އޭގައި ވާހަކަ ދައްކާ މީހާ ބުނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ލިިބުމަށް ޝަރުތު ހަމަވާ ކަމަށެވެ.

އިމާރާތްކޮށްފައިވާ ޓަވަރުތަކަކުން ފްލެޓްތައް އަންނަ ނޮވެމްބަރުގައި ނިންމާނެ ކަމަށްވެސް އެ މީހާ ބުނެ އެވެ.

"ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ. ފްލެޓަށް ފައިސާ ދައްކަން ޖެހޭނީ އެ ތަނަށް ވަންނަތާ ހަ މަސް ފަހުން ކޮންމެ މަހަކަަށް 5،500 ރުފިޔާ،" އެ ކޯލުގައި ވާހަކަ ދައްކާ މީހާ ބުނެ އެވެ.

އެކަމުގެ މައުލޫމާތުދޭން މިރޭ އެޗްޑީސީގައި ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެގެން ކަމަށް ބުނެ ފޯނަށް ރަޖިސްޓްރީ ނަމްބަރެއް ވެސް ފޮނުވަ އެވެ.

އެޗްޑީސީ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުން އަންނައިރު ބޭންކުގެ ނަމުގައި ފޭރޭ މައްސަލަތަކަކީވެސް ރާއްޖޭގައި އިތުރުވެފައިވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކުރި ނަމަވެސް މިކަމަށް ހައްލެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox