ހުޅުމާލޭ ފޭސް 2 ބީޗް ސައިޑުން ވިއްކާ 34 ބިމުގެ ބީލަން މާދަމާ

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ވިއްކާލާ ޕްލޮޓުތައް ހުންނަނީ ހުޅުމާލެ ފޭސް ޓޫ ބީޗް ސައިޑު ގައި. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ވިއްކާލާ ޕްލޮޓުތައް ހުންނަނީ ހުޅުމާލެ ފޭސް ޓޫ ބީޗް ސައިޑު ގައި. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާލަން ނިންމާފައިވާ ބިންތަކުގެ ތެރެއިން އަތިރިމައްޗާ ދިމާލުން (ބީޗު ސައިޑު) ވިއްކާލަން މަސައްކަތް ކުރާ ބިންތަކުގެ ބީލަން މާދަމާ އޮންނާނެކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހުޅުމާލޭން ބިން ވިއްކަން މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ފަހުން މި ބިންތައް ވިއްކާލަން އެޗްޑީސީން އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގަ އެވެ. ޖުމްލަ 60 ބިމެއް ވިއްކާލާއިރު، ބީޗް ފްރޮންޓުން 26 ބިމެއް ފެބްރުއަރީ 9، ގައި ވަނީ ވިއްކާލާފަ އެވެ. މާދަމާ އޮންނާނީ ބީޗް ސައިޑުން ވިއްކާ 34 ބިމުގެ ބީލަމެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ތާވަލުގައި ބުނާ ގޮތުން ބީލަން ކުރިއަށް ދާނީ ދެ މަރުހަލާއަކަށެވެ. އެއީ ބީލަން ފޯމު ބަލައިގަތުމާ ބީލަން ފޯމު ހުޅުވުމެވެ. ބީލަން ފޯމުތައް ބަލައިގަންނާނީ މާދަމާ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި ބީލަން ފޯމުތައް ހުޅުވާނީ މާދަމާ 13:00 ގަ އެވެ.

މިއީ ހުޅުވާލައިގެން ކުރިޔަށް ގެންދާ ބީލަމެކެވެ. އެހެންކަމުން ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހެޅި މީހުންނަށް އާންމުކޮށް ހުޅުވާލައިގެންނެވެ. ބީލަން ހުށަހެޅުމާއި ހުޅުވުމުގެ ކަންކަން ކުރިޔަށްދާނީ ހ. މީރުމާ ދެވަނަ ފަންގިފިލާ (މީރުމާ އިވެންޓްސް) ގަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ ބިންތައް: ފެހި ކުލައިން ފާހަގަކޮށްފައި ހުރީ ބީޗު ސައިޑުން ވިއްކާ 34 ބިން. -- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ ބިންތައް: ފެހި ކުލައިން ފާހަގަކޮށްފައި ހުރީ ބީޗު ސައިޑުން ވިއްކާ 34 ބިން. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ ބިންތައް: ފެހި ކުލައިން ފާހަގަކޮށްފައި ހުރީ ބީޗު ސައިޑުން ވިއްކާ 34 ބިން. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި ބީލަން ހުށަހެޅި މީހާ ނޫނީ އެ މީހާގެ ފަރާތުން އެކަކަށް ބީލަމުގައި ބައިވެރިވެވޭނެ އެވެ. އެކަމަކު ބީލަން ހުށަހެޅީ މީހާ ނޫން މީހަކަށް ބީލަމުގައި ބައިވެރިވެވޭނީ ޕަވާ އޮފް އެޓާނީ އޮވެގެން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ވިއްކާލާ ބީޗު ސައިޑް ބިންތަކުގެ މުހިންމު މައުލޫމާތު

ވިއްކާލާ ބިމުގެ އަދަދު: 34

ބީލަން ފަށާ އަގު: އަކަފޫޓަކަށް 3،500ރ.

ބިޑް ސެކިއުރިޓީ: 320،000ރ.

ވިއްކާލާ ބިންތަކުގެ ސައިޒު: 1،603.07 އަކަފޫޓާއި 2،577.20 އަކަފޫޓާ ދޭތެރޭ

އެޗްޑީސީން ވިއްކަން ނިންމާފައިވާ 34 ބިމުގައި ޖުމްލަ 68502.66 އަކަފޫޓު ހުންނާނެ އެވެ. އެންމެ ކުޑަ އަގުން ބެލި ނަމަވެސް މި 34 ބިން ވިއްކައިގެން އެ ކުންފުންޏަށް 239.7 މިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް ކުރިން ވިއްކާފައި ހުރި ބިންތައް ވިކުނު ރޭޓަށް ބަލާނަމަ، ލަފާކުރެވެނީ މިއަށް ވުރެ ވެސް ބޮޑު އާމްދަނީ ލިބޭނެ ކަމަށެވެ.

އެގޮތުން، އެންމެފަހުން ބީޗް ފްރޮންޓުން ވިއްކި 26 ބިމުން ވެސް އެ ކުންފުންޏަށް 377.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ. މިހެން ހިސާބުތަކުން ދެއްކި ނަމަވެސް ބިންތައް ވިއްކައިގެން ލިބޭ ސީދާ އަދަދު އެނގޭނީ ބިޑު ކާމިޔާބުކުރި މީހުން ހިޔާރު ކުރާ ޕްލޮޓުތައް އެނގުނީމަ އެވެ. ސަބަބަކީ ވިއްކާލާ ޕްލޮޓުތަކުގެ ސައިޒު ތަފާތު ވީމަ އެވެ.

ބިން ވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރާނީ ހުޅުމާލޭގައި ހިންގާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ސްކޫލްތަކާއި ޕާކުތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުންގެ ގިނަ ބަޔަކު ހިމެނެ އެވެ. އަދި މާލެ ސިޓީ ކައުންސިލުން ވަނީ މިއީ ގާނޫނާ ހިލާފަަށް ކުރާ ކަމެއް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތަށް ރައްދު ދެމުން އެޗްޑީސީން ބުނީ ހުޅުމާލޭން ބިން ވިއްކައިގެން އާމްދަނީ ހޯދުމަކީ އެ ކުންފުނީގެ ހައްގެއް ކަމަށާއި، ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ނެރުނު ވަގުތީ އަމުރުން އެކަން ސާފުކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox