ބީޗް ފްރޮންޓު ބިމުގެ އަގުތައް އަކަ ފޫޓަކަށް 10 މިލިއަނާއި 6،759 ރުފިޔާ އާ ދެމެދު

ހުޅުމާލެ ފޭސް 2 ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް. މި ބިންތަކުގެ ބީލަން ފަށާފައިވާ އަގަކީ އަކަފޫޓަކަށް 3،900 ރުފިޔާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ ފޭސް 2 ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް. މި ބިންތަކުގެ ބީލަން ފަށާފައިވާ އަގަކީ އަކަފޫޓަކަށް 3،900 ރުފިޔާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 އިން ވިއްކަން އިއުލާންކުރި 26 ބިމަށް އަކަ ފޫޓެއްގެ ނިސްބަތުން 10 މިލިއަނާއި 6،759 ރުފިޔާ އާ ދެމެދުގެ އަގުތަކެއް ހުށަހަޅައިފި އެވެ.

އެޗްޑީސީން ބީލަން ހުޅުވާލީ މިއަދު ހެނދުނު 10:00 ގަ އެވެ. ބީލަން ހުށަހެޅުން ބަންދުކުރީ 12:00 ގަ އެވެ. ފޯމު ބަލައިގަތުން ބަންދުކުރުމާ ހަމައަށް 211 މީހަކު ބީލަން ހުށަހެޅި އެވެ.

ބީލަންވެރިންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މި ބީލަމުގައި އެންމެ ބޮޑު އަގެއް ހުށަހެޅީ އިބްރާހިމް މާޖިދު ކިޔާ މީހެކެވެ. އޭނާ ވަނީ އަކަ ފޫޓަކަށް 10 މިލިއަން ރުފިޔާ ހުށަހަޅާފަ އެވެ. އެއީ ވިއްކާލާ އެންމެ ކުޑަ ޕްލޮޓުގެ ސައިޒުން ބެލި ކަމުގައިވީ ނަމަވެސް 16 ބިލިއަން ރުފިޔާ އެވެ.

އެޗްޑީސީގެ އޮފިޝަލުން ވަނީ އޭނާ ހުށަހެޅި އަގަކީ ސައްހަ އަގުތޯ ކަށަވަރު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް, އެ ވަގުތު މާލަމުގައި އޭނާ ހާޒިރުވެ ނެތުމުން އެކަމެއް ނުވި އެވެ. ނަމަވެސް، ހުރިހާ ޝަރުތަކާއި ލިޔެކިޔުންތައް ހަމަވާތީ އެޗްޑީސީގެ އޮފިޝަލުން ނިންމީ އޭނާގެ ބިޑު ބަލައިގަންނާށެވެ. އަދި ބަލައިގަތީ އަކަފޫޓަކަށް ހުށަހަޅާ އަގުގެ ގޮތުގައި އިނގިރޭސިންނާއި ދިވެހިން ވެސް ލިޔެފައިވާ 10 މިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އަގު އަކަފޫޓެއްގެ ނިސްބަތުން ހުށަހެޅި 26 މީހުން

  1. އިބްރާހިމް މާޖިދު - 10،000،000ރ.
  2. އައިޝަތު ޒައިނާ ނާޒިމް - 10،220ރ.
  3. މަރިޔަމް ޒައްފަ ނާޒިމް - 10،220ރ.
  4. ހައްވާ ޒާހިރާ - 9،112.99ރ.
  5. ފާތިމަތު އިޝާ މުހައްމަދު - 9،105.99ރ.
  6. ޒީނިޔާ އަބްދުލްބާރީ - 8،227.86ރ.
  7. ހަނާން ހަސަން - 8،227،86ރ.
  8. އަހްމަދު ހަލީމް - 8،188.88ރ.
  9. އާމިރު މަންސޫރު - 7،711.99ރ.
  10. މޫސާ އިބްރާހިމް ދީދީ - 7،615ރ.
  11. މުހައްމަދު އަނިލް ނަދީމް - 7،555.99ރ.
  12. އަހްމަދު ޝަމްހީދު - 7،551ރ.
  13. މުހައްމަދު ހައިކަލް އައްބާސް - 7،509ރ.
  14. އާސިމާ އަލީ - 7،311.45
  15. މުހައްމަދު މުންޝިތު އިބްރާހިމް - 7،275.69ރ.
  16. އިމްރާން ޒާހިރު - 7،170ރ.
  17. އައްބާސް މުހައްމަދު - 7،157.79ރ.
  18. ފާތިމަތު ނަސީމާ - 7،111ރ.
  19. އިބްރާހިމް އާސިމް - 7،081ރ.
  20. މަރިޔަމް ޝިފާ - 7،080ރ.
  21. ފާތިމަތު ޒާހިދާ - 7،000ރ.
  22. މަރިޔަމް އަޒްހާ އިބްރާހިމް - 6،900ރ.
  23. އަނާރާ ނައީމް - 6،802ރ.
  24. ޔަމާމާ ނަޝީދު - 6،799ރ.
  25. މާޖިދާ އިބްރާހިމް - 6،790ރ.
  26. އިބްރާހިމް މުއާވިން - 6،759.11ރ.

މި ބިޑުތަކަށް ބަލާއިރު އެންމެ ބޮޑު އަގު ހުށަހެޅި ބިޑު ހިމެނޭހެން އަކަފޫޓަކަށް އެވެރެޖުކޮށް ޖެހެނީ 392,276.26ރ. އެވެ. ނަމަވެސް، 10 މިލިއަން ރުފިޔާގެ ބިޑު ނުހިމަނާނަމަ އެވެރުޖުކޮށް ޖެހެނީ އަކަފޫޓަކަށް 7،660.88ރ. އެވެ.

ވިއްކާލާ ބީޗު ފްރަންޓު ބިންތަކުގެ މުހިންމު މައުލޫމާތު

  • ވިއްކާލާ ބިމުގެ އަދަދު: 26
  • ބީލަން ފަށާ އަގު: އަކަފޫޓަކަށް 3،900ރ.
  • ބިންތަކުގެ ސައިޒު: 1،676.05 އަކަފޫޓާއި 2،633.93 އަކަފޫޓާ ދޭތެރޭ

މި ބިންތައް ވިއްކަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ 26 ފަރާތަކަށެވެ. ދެން އެންމެ މަތިން އަގު ހުށަހަޅާ ފަސް މީހަކު ވެއިޓްލިސްޓު ކުރެވޭނެ އެވެ.

މި ބީލަމާ ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނާ ގޮތުން އެންމެ ބޮޑު އަގު ހުށަހަޅާ މީހުންނަށް އެ މީހަކު ބޭނުން ބިމެއް ހިޔާރުކުރަން، ހުށަހެޅި އަގުގެ ތަރުތީބުން ފުރުސަތު ލިބޭނެ އެވެ. އެތަނަށް ފައިސާ ދައްކަން އިތުރު 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ވެއިޓްލިސްޓު ކުރެވިފައިވާ މީހަކަށް ބިން ގަންނަން ފުރުސަތު ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox