ބޫސްޓާ ޑޯޒް ޖަހައިގެން ގަދަޔަށް ކަސްރަތު ނުކުރަން އިލްތިމާސްކޮށްފި

އުސްފަސްގަނޑުގައި ބަޔަކު ކަސްރަތު ކުރަނީ: ވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ގަދައަށް ކަސްރަތުކުރުން މެދުކަނޑާލުން އެދެވިގެންވޭ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

އުސްފަސްގަނޑުގައި ބަޔަކު ކަސްރަތު ކުރަނީ: ވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ގަދައަށް ކަސްރަތުކުރުން މެދުކަނޑާލުން އެދެވިގެންވޭ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ކޮވިޑް ވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ގަދަޔަށް ކަސްރަތުކުރުން މެދުކަނޑާލުމަކީ އެދެވިގެންވާ ކަމެއް ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ވެކްސިނާއި ކަސްރަތާ ގުޅުވައި ވާހަކަތައް ދެކެވެން ފެށީ ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި) 33، ބޫސްޓާ ޑޯޒް ޖެހިތާ ތިން ގަޑިއިރުގެ ތެރޭގައި ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެންނެވެ. އޭނާ ނިޔާވީ ވެކްސިން ޖެހުމަށްފަހު މެލޭޝިއާގައި އިއްޔެ ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

މިކަމާއި ގުޅުގެން "އަދަދު" އިން ސުވާލު ކުރުމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ޖަހައިގެން ދުވެ، ކަސްރަތުކޮށް، ޖިމް ޖެއްސުމަކީ މީހާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. އަދި އެފަދަ ކޭސްތަކެއް ދުނިޔޭގެ ބައެއް ގައުމުތަކުން މަދުން ނަމަވެސް ރިކޯޑް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

"ގަދަޔަށް ކުރާ ކަސްރަތު، ދުވުން، ޖޮގިން ކަހަލަ ކަސްރަތުތައް ޖެހޭނެ ދެ ހަފްތާއަށް މަޑުކޮށްލަން. އެއީ އަބަދުުވެސް ކޮވިޑް ވެކްސިންގައި އިންނަ ޕްރިކޯޝަނެއް (ސަލާމަތީ ފިޔަވަޅެއް) އަސްލު." ފައިސަލް ވިދާޅުވި އެވެ.

ޑރ. އަހްމަދު ފައިސަލް--
ޑރ. އަހްމަދު ފައިސަލް--

ޑރ. އަހްމަދު ފައިސަލް--

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ވެކްސިން ޖަހައިގެން އެފަދަ ކަސްރަތުތައް ކުރުމުގެ ސަބަބުން ބައެއް މީހުންނަށް ހާޓް އެޓޭކް ޖެހިފައި އެބަހުއްޓެވެ. އެގޮތަށް އެންމެ ގިނައިން ދިމާވެފައި ހުރީ 30 އަހަރުން ދަށުގެ ޒުވާނުންނަށްކަން ޑރ. ފައިސަލް ފާހަގަކުރެއްވި އެވެ.

"ބައެއް ފަހަރު ވަރުބަލިވެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހިފައިވެސް އެބަހުރި. ބައެއް ފަހަރު އެބަހުރި ނިޔާވެފައިވެސް." ވެކްސިން ޖަހައިގެން ދުވުމުގެ ނުރައްކާ ފައިސަލް ކިޔައިދިނެވެ.

ނަމަވެސް އަދި މިކަހަލަ ކޭސްއެއް ރާއްޖޭގައި ރިޕޯޓްކޮށްފައި ނުވާ ކަމަށް ވިދާޅުވެ، ފައިސަލް ވަނީ އެކަމަށް ސަމާލުވުމަށް ހާއްސަކޮށް ޒުވާނުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ކަސްރަތު ކުރުމާއި ދުރަށް ދިއުމަށް އެދުނަކަސް، އާންމު ދިރިއުޅުމުގައި ކުރާ ކަންތައްތައް ކުރުމަށް ހުރަހެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

22 ޖެނުއަރީ 2022 އާއި ހަމައަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދުތައް:

އެއްވަނަ ޑޯޒް: 397،382 މީހުން

ދެވަނަ ޑޯޒް: 369،151 މީހުން

ބޫސްޓާ ޑޯޒް: 49،142 މީހުން

ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވަމުންދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2،400 އިން މަތީގަ އެވެ. 117 ހާހަށް ވުރެ ގިނަ މީހުންނަށް މިހާރު ބަލި ޖެހިފައި ވާއިރު، އޭގެ ތެރެއިން 47 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ޖުމްލަ 270 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox