ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅުން ކުރިއަށް ވުރެ ފަސޭހަކުރުމަށްޓަކައި އެކުންފުނިން، މިއަދު އޮޮންލައިން ޕޯޓަލެއް ތައާރަފްކޮށްފި އެވެ.
އެޗްޑީސީގެ ޕޯޓަލް އިފްތިތާހު ކުރީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހީމެވެ.
އެޗްޑީސީން ބުނިގޮތުގައި މިއަދު ތައާރަފްކުރި ޕޯޓަލްގެ މަގުސަަދަކީ ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ލުއިފަސޭހަގޮތަކަށް ހަމަޖެއްސުމާއި ކަރުދާސް ބޭނުން ކުރާވަރު މަދުކުރުމެވެ. އެއީ މިއީ ބިޑާއި ޕްރޮޕޯސަލް އޮންލައިންކޮށް، އެއް ޕޯޓަލްއެއް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ރާއްޖޭގައި ހުޅުވާލި އެންމެ ފުރަތަމަ އޮންލައިން ޕޯޓަލްކަމަށް ވެސް އެކުންފުނިން ބުންޏެވެ.
"...އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއި އެކީ މިކަން ކުރުމަށް މަގު ފަހި ވެގެންދާނެ ކަމުގައި މި ކޯޕަރޭޝަނުން ދެކެން. މި ޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާ ތްތަކަކީ މި ކަމަށް ގާބިލު ފަރާތެއްކަން ވެސް ޔަގީންކުރެވޭނެ،" ޕޯޓަލް ތައާރަފްކުރުމަށް ފަހު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެޗްޑީސީގެ ޕޯޓަލް ބޭނުންކުރަން އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓަ ރީ ކުރަންޖެހެ އެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެ އެވެ.
ބިޑްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން ވެސް އެ ޕޯޓަލް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ޕޯޓަލްއެއް ގާއިމު ކުރުމުން، ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ގަބޫލުކުރާ ކަމަށް ވެސް އެކުންފުނިން ދެކެ އެވެ.
އެޗްޑީސީން މިހާރުވެ ސް އަންނަނީ ހުޅުމާލޭގެ އެކިއެކި ހިދުމަތްތައް ހޯދާ ފަރާތްތަކަށް ޕޯޓަލެއް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.








