ދެ އަހަރު ތެރޭ ނާއިމް އާއި އޮގީގެ ކަކުލުގެ ދެ ވަނަ އޮޕަރޭޝަން

Dec 22, 2021, 4:04 PM
ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އޮގީ (ކ) އާއި ނާއިމް (ވ): ދެ ކުޅުންތެރިން ވަނީ ދެ އަހަރު ތެރޭ ކަކުލުގެ ދެ އޮޕަރޭޝަން ކޮށްފައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އޮގީ (ކ) އާއި ނާއިމް (ވ): ދެ ކުޅުންތެރިން ވަނީ ދެ އަހަރު ތެރޭ ކަކުލުގެ ދެ އޮޕަރޭޝަން ކޮށްފައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ދާދި ފަހުން ގައުމީ ޓީމުގެ މެޗުތަކެއްގެ ތެރެއިން އަނިޔާވި ޒުވާން ދެ ފޯވާޑުން ކަމަށްވާ މުހައްމަދު ޖައިލަމް (އޮގީ) އާއި މުހައްމަދު ނާއިމް ދެ އަހަރު ތެރޭ ކަކުލުގެ ދެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ކ. ގުރައިދޫ އަށް އުފަން އުމުރުން 25 އަހަރުގެ ނާއިމްގެ ކަކުލަށް އެންމެ ފުރަތަމަ އަނިޔާވީ 2019 ވަނަ އަހަރު އޮކްޓޫބަރު މަހު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އުމުުރުން 22 އަހަރުގެ އޮގީގެ ކަކުލަށް އެންމެ ފުރަތަމަ ސީރިއަސް އަނިޔާއެއް ލިބުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.

ނާއިމް އާއި އޮގީ ވެސް އެންމެ ފުރަތަމަ ކަކުލުގެ އޮޕަރޭޝަނެއް ކުރީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. ނާއިމް އާއި އޮގީ ދެ ވަނަ އޮޕަރޭޝަން ކުރީ މިއަދު އެވެ.

ކްލަބް އީގަލްސް އަށް ކުޅޭ ނާއިމްގެ ކަކުލަށް މި ފަހަރު އަނިޔާވީ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ކުރިއަށް ދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިން ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ސެޕްޓެމްބަރު 25 ވަނަ ދުވަހު ގަތަރުގެ އާމީ ކްލަބާ 1-1 އިން ރާއްޖެ އެއްވަރުވި މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާގިނައިރެއް ނުވެ ނާއިމް ކަކުލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ ކޮންޓްރެކްޓްގައި ހުރި އދ. ހަންޏާމީދު އަށް އުފަން އޮގީ އަށް އަނިޔާވީ 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ބަހްރޭނުގައި ކުޅެނިކޮށެވެ. ކޮލިފައިން ދެ ވަނަ މެޗުގައި ބަހްރޭނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި އޮގީ އަށް މެޗުގެ ފަހު ކޮޅުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ސްޓްރެޗަރުގަ އެވެ.

އޮގީ އާއި ނާއިމް ވެސް ފުރަތަމަ ލިބުނު ކަކުލުގެ އަނިޔާ އިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައީ މިދިޔަ ސީޒަން ފެށުނުއިރު އެވެ. އެހާތަނަށް އާދެވުނީ ކޮވިޑާ ހެދި މިދިޔަ ސީޒަން ފެށީ ހަތް މަހުގެ ބްރޭކަކަށް ފަހު ކަމަށްވާތީ އެވެ. މި ފަހަރު މި ލިބުނު އަނިޔާގެ ރިކަވަރީގެ ސަބަބުން ނާއިމާއި އޮގީ އަށް މި ސީޒަނުގެ ގިނަ މެޗުތަކެއް ގެއްލޭނެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އުއްމީދުކުރަނީ އޮގީ އަށް އަންނަ ފެބްރުއަރީ މަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ތެރޭގައި ކުޅެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox