ފެލިވަރު ބޮޑު ހިޔާނާތް: ހެކިވެރިޔާއަކީ ދައުވާ ލިބޭމީހާގެ އާއިލީ މީހެއް، ފަހު ވަގުތު ހެކިބަސް ދައުލަތާ ދެކޮޅަށް!

މުހައްމަދު އިމްތިޔާޒް: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިއަކަށް ނާޖާއިޒް ފައިދާ ހޯދަދިން ކަމުގެ ދައުވާ ވަނީ އުފުލާފައި --

މުހައްމަދު އިމްތިޔާޒް: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިއަކަށް ނާޖާއިޒް ފައިދާ ހޯދަދިން ކަމުގެ ދައުވާ ވަނީ އުފުލާފައި --

މީގެ ނުވަ އަހަރު ކުރިން ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ސާބިތުކުރުމަށް ހުށަހެޅި ހެކިވެރިޔާ، ދައުލަތާއި ދެކޮޅަށް މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ. މިއީ ދައުވާ ރައްދުވާ މީހާގެ ތިމާގެ މީހެކެވެ.

މިހާރު މިކްފޯގެ ދަށުން ފެލިވަރު ހިންގި ނަމަވެސް އޭރު އެރަށް ހިންގީ ފިޝަރީޒް މޯލްޑިވްސްގެ ދަށުންނެވެ. މި މައްސަލަ އުފަންވީ 1،535،060 (އެއްމިލިއަން ފަސްލައްކަ ތިރީސް ފަސްހާސް ފަސްދޮޅަސް ރުފިޔާ)ގެ އަގުހުރި 2000 ދަޅު މަސް ކޭސް އޭރު ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ ޗެއާމަނެއްގެ މަގާމުގައި ހުރި މުހައްމަދު އިމްތިޔާޒްގެ އާއިލީ ވިޔަފާރީއަކަށް ކްރެޑިޓަށް ދޫކުރި މައްސަލައާއި ގުޅިގެންނެވެ.

އަމިއްލަ ފަރާތަކުން އިސްވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މި މައްސަލާގައި ދައުވާކޮށްދިނުމަށް އެ ކޮމިޝަނުން އެެދިފައި ވަނީ 26 ސެޕްޓެމްބަރު 2012 ގަ އެވެ. ދައުވާ ކުރަން އެދުނީ އިމްތިޔާޒުގެ މައްޗަށާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި އޭރު ހުރި، އަލީ އަހްމަދު މައްޗަށެވެ.

Advertisement

މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ނުލިބިވާ -/1،235،060ރ (އެއްމިލިއަން ދެލައްކަ ތިރީސް ފަސްހާސް ފަސްދޮޅަސް ރުފިޔާ) ހޯދުމަށެވެ.

އޭރު ކްރެޑިޓަށް ފައިސާ ދޫކުރުމުގެ އުސޫލެއް ފެލިވަރުގައި ހެދިފައި ނުވިނަމަވެސް، ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބަލާ، ކުންފުންޏަށް ގެއްލުންވާ ގޮތަށް މުދާ ދޫކޮށްފައި ވާތީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ދެމީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 18 ފެބްރުއަރީ 2013 ގަ އެވެ.

މި މައްސަލަ ކްރިމިނަލް ކޮޓަށް ހުށަހެޅުނުތާ އަށް އަހަރުވެފައި ވާއިރު، މިއަދު ކުރިއަށް ދިޔައީ ދައުލަތާއި ދިފާއުން ހުށަހެޅި ޝަފަހީ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

ފެލިވަރުގެ ހިޔާނާތުގައި ދައުވާ އުފުލާފައިވާ އިމްތިޔާޒު: މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން --
ފެލިވަރުގެ ހިޔާނާތުގައި ދައުވާ އުފުލާފައިވާ އިމްތިޔާޒު: މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން --

ފެލިވަރުގެ ހިޔާނާތުގައި ދައުވާ އުފުލާފައިވާ އިމްތިޔާޒު: މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން --

އިމްތިޔާޒުގެ މައްޗަށް މި ހިޔާނާތް ސާބިތުކުރަން ދައުލަތުން ހެކިވެރިޔަކަށް ހުށަހެޅީ އޭނާއާ ދެބެއިންގެ ދެ ދަރި މުހައްމަދު ސިރާޖު އެވެ. މި ހެކިވެރިޔާ ވަނީ މީގެ ނުވަ އަހަރު ކުރިން މި މައްސަލައާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށްވެސް ދެ ބަޔާނެއް ދީފަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި އޭނާއާ ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދިނީ އޭސީސީއަށް ދިން ބަޔާނާ އެއްގޮތަށް ނޫން ކަމަށް ދައުލަތުގެ ވަކީލު އަލީ އަހްމަދު ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުގެ ވަކީލު ގަބޫލުކުރީ ހެކިވެރިޔާއަކީ "ހޮސްޓައިލް ވިޓްނެސް" އެއް ކަމަށެވެ. މާނައަކީ ދައުލަތާއި ދެކޮޅަށް ހެކިބަސް ދިން ހެކިވެރިއެއް ކަމަށެވެ. އަދި އެ ގޮތަށް ކަނޑައަޅައި ދިނުމަށް މައްސަލަ ބައްލަވާ ގާޒީގެ އަރިހުން ވަކީލު އެދުނެވެ.

އިމްތިޔާޒުއާއި އާއިލީ ގޮތުން ގުޅުން އޮންނަ ސިރާޖު ބުނީ އެންމެ ފުރަތަމަ އޭނާ ޕާޗޭސް އޯޑަރެއް ފެލިވަރަށް ފޮނުވީ 400 ކޭސް މަސްދަޅު ކްރެޑިޓަށް ނެގުމަށް ކަމަށެވެ. އަދި އެއަށްވުރެ ގިނައިން ނެގޭނެ ކަން އެނގުމާއި އެކު 2000 ދަޅު މަސްކޭސް ހޯދަން އެދުނު ކަމަށް މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. މި މަސްދަޅު ކޭސްތައް ފެލިވަރު ބޯޓުން މާލެ ގެނައުމާއި އެކު އިބްރާހީމް ދީނީ ނަމަކަށް ކިޔާ މީހަކަށް ވަގުތުން ވިއްކާލީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެމީހާ ދިން ޗެކު ބައުންސްވުމުން އެ މަސްދަޅު ކޭސްތަކަށްވާ ފައިސާ ނުލިބޭކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

ސިރާޖް ބުނި ގޮތުގައި އޭނާގެ ކޮއްކޮއެއްގެ އެކައުންޓަށް ތިން ލައްކަ ރުފިޔާ ޖަމާކޮށް، ފެލިވަރު ފިޝަރީސްއަށް ޗެކެއް ދޫކޮށްފައި ވާނެ އެވެ. އަދި އެއީ އިނީޝިއަލް ޕޭމެންޓް ކަމަށްވެސް އޭނާ ބުންޏެވެ. އޭގެ ފަހުން އެއްވެސް ފައިސާއެއް ނުދައްކާއިރު، އޭނާއާއި އާއިލީ ގޮތުން ގުޅުން އޮންނަ އިމްތިޔާޒް ކުންފުނީގެ ޗެއާމަންއަކަށް ހުރި ނަމަވެސް، މިކަމާ ގުޅިގެން އިމްތިޔާޒްއާ އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައި ނުވާނޭ ކަމަށް ސިރާޖް ބުންޏެވެ. މިފަދައިން ބުނީ ދިފާއުން ކުރި ސުވާލަކާއި ގުޅިގެންނެވެ. އެއީ ދިފާއުންވެސް ހެކިވެރިއަކަށް ހުށަހެޅީ ސިރާޖު ކަމަށް ވާތީ އެވެ.

އޭނާ ބުނީ 1.5 މިލިއަން ރުފިޔާގެ މި މުއާމަލާތް ކުރެވުނީ ހިޔާނާތުގެ ދައުވާ ރައްދުވާ އަލީ އަހުމަދުއާއި ކަމަށެވެ. އަދި އަލީއަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި، ދަންނަ މީހެއް ކަމަށް ބުންޏެވެ.

ދިފާއުން ދެން ޝަފަހީ ހެއްކަކަށް ހުށަހެޅީ ސިރާޖުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ހުސައިން ޝިޔާމް އަހްމަދު އެވެ. އެއީ ތިން ލައްކަ ރުފިޔާ ދެއްކިކަން ސާބިތުކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި މި މައްސަލާގައި ދެފަރާތުންވެސް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަނގާ ނިންމި އެވެ. ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮތް އަޑުއެހުމުގައި އޮންނާނީ ހެއްކާއި ބެހޭ ގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން އިއްވުން ކަމަށެވެ. އެ އަޑުއެހުން ޖެނުއަރީ މަހުގެ ކުރީކޮޅު ބޭއްވޭނެ ގާޒީ ވިދާޅުވި އެވެ.

އެންމެ ފަހު އަޑުއެހުމުގައި ވީ ކިހިނެއް؟

އެންމެ ފަހު އަޑުއެހުމުގައި ދައުލަތުގެ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފައި ވެއެވެ.

އޭރު ފެލިވަރުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރަކަށް ހުރި މުހައްމަދު އަރީފް އެދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ހެކިބަސްދެމުން ވިދާޅުވީ މި މައްސަލަ ފެންމަތިވިއިރު، އެ ކުންފުނީގެ ޗެއާމަންއަކަށް ހުރި އިމްތިޔާޒުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އޭއެންޔޫ ފްރެޝް ފާމްއަށް 2000 ދަޅު މަސް ކޭސް ކްރެޑިޓަށް ދޫކޮށްފައިވާނޭ ކަމަށެވެ. އަދި އެ މުއާމަލާތް ކުރެއްވިއިރު، އެގްރިމެންޓްއެއް ހެދިފައި ނުވާ ކަމަށާއި، އޭނާ ހަވާލުވެ ހުރި އެކައުންޓްސް ޑިޕާޓްމެންޓުން ކުރިހާވެސް ކަމަކީ އިންވޮއިސް ޕްރިންޓް ކުރުމަށްފަހު ސްޓޭޕް ޖަހާ، އެ ބިލު އޭއެންޔޫ ފްރެޝް ފާމްއަށް ރައްދު ކުރުން ކަމަށެވެ.

ދެން އެދުވަހުގެ އަޑުއެހުމުގައި ހެކިބަސް ދީފަައިވަނީ އޭރު ފެލިވަރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ އަހްމަދެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު އެ ކުންފުނީގެ އުސޫލު އޮންނަ އޮތުން އެމްޑީ ވެސް ސްލޭސްގެ މަސައްތުގައި ޝާމިލްވެ، އުޅެން ޖެހެ އެވެ. އެގޮތުން އިމްތިޔާޒްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އޭއެންޔޫ ފްރެޝް ފާމްއަށް މަސްދަޅު ކޭސްތައް ދޫކުރީ، ޗެއާމަންއާއި މުއާމަލާތު ކުރެވިގެން ކަމަށާއި، އެ މަސްދަޅު ކޭސްތައް ދޫކުރިއިރު، މުދާ ރައްދު ކުރެވޭ ވިޔަފާރިއަކީ ޗެއާމަންގެ ހިއްސާ އޮންނަ ކުންފުންޏެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 1.5 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ ހުރި 1.2 މިލިއަން ރުފިޔާ ހޯދުމަށް ޗެއާމަންއަށް ގުޅި ކަމަށާއި، އެކި ފަހަރު މަތިން ފޯނުން މުއާމަލާތު ކުރެވުނު ކަމަށް ވެސް ހެކި ބަސް ދެމުން ފާހަގަކުރެއްވި އެވެ. އަހްމަދު އަލީ އަކީ ވެސް މި މައްސަލާގައި ދައުވާ ރައްދުވާ މީހެކެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް

އޭސީސީން އާންމު ކުރި މި މައްސަލައިގެ ތަހުގީގީ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، 2000 ދަޅު ކޭސް މަސް އޭއެންޔޫ ފްރެޝް ފާމްއަށް ދޫކޮށްފައި ވަނީ އެ ކުންފުނީގެ ރަޖިސްޓްރޭޝަން އާ ނުކޮށްގެން ބާތިލްކޮށްފައި ވަނިކޮށެވެ. އަދި މިފަދަ ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކޮށްފައި ވާއިރު، ޑިޕޮސިޓެއް ނުވަތަ ގެރެންޓީއެއް ނަގާފައި ނުވާކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭސީސީން މި މައްސަލާގައި ދައުވާ ކުރަން ފޮނުވިއިރު، އިމްތިޔާޒު ހުރީ ދުބާއީ ގައެވެ. އޭރު އޭނާ ވިދާޅުވަމުން ގެންދެވީ އެ ތުހުމަތަކީ އޭނާ މަގާމުން ވަކިކުރުމަށް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށެވެ. އަދި މަގާމުން ދުރުކުރުމަށްފަހު އެ މައްސަލަ އޮބޭނެ ކަމަށެވެ.

ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރީ ޖުމްހޫރީ ޕާޓީން އޭނާގެ ނަން ހުށަހެޅުމާއި ގުޅިގެންނެވެ. އޭރު އޭނާއަކީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލްގެ މަގާމު ފުރުއްވަމުން ދިޔަ ބޭފުޅެކެވެ. އޭނާއަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ ފިހާރައެއް ހުޅުވި ބޭފުޅާވެސް މެއެވެ.

މި މައްސަލަ ފެންމަތިވުމާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ދެ މެމްބަރަކު ވެސް މަގާމުން ދުރުކޮށްފައި ވެއެވެ.

titledesc

titledesc

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox