ހުޅުމާލެ ފޭސް ދެއަކަށް އުރީދޫގެ ހިދުމަތްތައް ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލެ ފޭސް 2 އަށް އުރީދޫގެ ހިދުމަތް ދިނުމަށް ޕާޓްނާޝިޕް އެގްރިމެންޓެއްގައި ސޮއިކުރުން-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް 2 އަށް އުރީދޫގެ ހިދުމަތް ދިނުމަށް ޕާޓްނާޝިޕް އެގްރިމެންޓެއްގައި ސޮއިކުރުން-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ދެއަކަށް އުރީދޫގެ ހިދުމަތްތައް ދިނުމަށްޓަކައި، އުރީދޫ މޯލްޑިވްސްއާ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ)އިން ޕާޓްނާޝިޕް އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް ދެއެއް ގައި އެޗްޑިސީން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އުރީދޫގެ ހުރިހާ ހިދުމަތެއް ވެސް ލިބިގެންދާނެ ކަމަށެވެ.

"އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އުރީދޫގެ ސެލިއުލާ ނުވަތަ ޑާޓާ ހިދުމަތް، ވައިފައި އަދި މޮބައިލް ކަނެކްޝަންގެ ހިދުމަތް ރަނގަޅުވެގެން ދާނެ، ރޭންޖުގެ މައްސަލަތަކަށް ދާންދެން،" މަޝާރު ވިދާޅުވި އެވެ.

Advertisement

މަޝާރު ވިދާޅުވީ އޯޕަން އެކްސެސް ނެޓްވޯކުގެ ދަށުން އުރީދޫގެ ހިދުމަތް ދޭނީ އެޗްޑީސީން ކުރިން ގާއިމުކޮށްފައިވާ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ކަމަށެވެ. އަދި ތަފާތަކީ އިތުރު ކޭބަލް އެޅުމާއި ސެލިއުލާ ޓަވަރު އެޅުމުގެ މަސައްކަތް ކުރަން ނުޖެހުމެވެ.

"އެޗްޑީސީގެ ސެލިއުލާ އަދި ފައިބާ ޓަވަރުތައް މެދުވެރިކޮށް އެ ހިދުމަތްތައް ދޭނީ،" އޭނާ ވިދާޅުވި އެވެ.

އެ އޯޕަން އެކްސެސް ނެޓްވޯކަކީ ދިރާގު އަދި މީޑިއާނެޓުގެ ހިދުމަތްތައް ވެސް ފޭސް ދެއަކަށް ދޭން ބޭނުންކުރާ ނެޓްވޯކެވެ.

ހުޅުމާލެ ފޭސް ދެއެއްގައި އަޅާފައިވާ ހިޔާ ފްލެޓްތައް ނިމި، މިހާރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ދިރިއުޅުން ބަދަލުކުރަމުންނެވެ. އެ ސަރަހައްދުގައި އޭގެ ކުރިން ވެސް އަމިއްލަ ބައެއް ގޭގޭގައި މީހުން ދިޔައީ ދިރިއުޅެމުންނެވެ. އޭރު ވެސް އެ ސަރަހައްދުގައި ރޭންޖު އަދި އިންޓަނެޓުގެ މައްސަލަތަކާ ހެދި އާންމުންގެ ޝަކުވާ ބޮޑުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox