ވޮލީ އަށް ޝައުގުވެރިވާ ކުދިންނަށް މައިހުޅުމާލެ ވޮލީ ކޭމްޕް!

Oct 30, 2021, 7:30 AM
ގައުމީ 23 އަހަރުން ދަށުގެ ވޮލީބޯޅަ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ 23 އަހަރުން ދަށުގެ ވޮލީބޯޅަ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަދި ޕޮލިސް ކްލަބް ގުޅިގެން މައި ހުޅުމާލެ ވޮލީބޯލް ކޭމްޕްގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

މި ކޭމްޕަކީ ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ކޭމްޕެކެވެ. އަންނަ މަހު (ނޮވެމްބަރު) 11 އިން 18 އަށް ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕަގައި ވޮލީގެ ބޭސިކްގެ މުހިއްމު ކަންތައްތައް ކިޔައިދިނުމާއި ވޮލީގައި ދަސްކުރަން ޖެހޭ މުހިއްމު ކަންތައްތައް އުނގަނައިދީ ވޮލީގައި ކުރިއަށްދާއިރު ބޭނުންހިފޭނެ މުހިއްމު ކަންކަން ވެސް އޮޅުންފިލުވައިދޭނެ އެވެ.

ކޭމްޕުގައި ބައިވެރިވުމަށް ވަނީ އުމުރުފުރާ ކެޓަގަރީއެއް ހަމަޖައްސައިފަ އެވެ. އެ ގޮތުން މި ކޭމްޕް ހާއްސަކޮށްފައި އޮތީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދަށެވެ.

ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައި އޮތީ ޖުމުލަ އެއްކޮށް ދެ ޖިންސު އެއްކޮށްލައިގެން 80 ކުދިންނަށެވެ. އެއީ ފޯމު ހުށަހަޅާ ތަރުތީބުން އެންމެ ކުރިން ފޯމު ހުށަހަޅާ 40 އަންހެން އަދި 40 ފިރިހެން ކުދިންނަށެވެ. މިއީ މި ގޮތަށް ހުޅުވާލެވިގެން މި ފަހުން ބޭއްވޭނެ އެންމެ ބޮޑު ވޮލީ ކޭމްޕް އެވެ.

އެޗްޑީސީން ނިންމާފައި އޮތީ ފެސްޓިވަލެއްގެ ގޮތުގައި ވަރަށް ކުލަގަދަކޮށް ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް މި ކޭމްޕު ނިންމާލުމަށެވެ. އަދި އޭގެ ތެރެއިން އެއް ދުވަހުގެ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންއާ ގުޅިގެން މި ކޭމްޕް ކުރިއަށްގެންދާއިރު، މީގެ ކުރިން ވެސް އެޗްޑީސީން ވަނީ ވީއޭއެމާ ގުޅިގެން ހުޅުމާލޭގައި މުބާރާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ކޭމްޕްގައި ބައިވެރިވެވޭނީ ކިހިނެއް؟

ކޭމްޕުގައި ބައިވެރިވުމުގެ ފޯމު ހުޅުމާލޭ އެޗްޑީސީ އޮފީހުގެ ރިސެޕްޝަނުން ބަލައިގަންނާނެ އެވެ. އަދި އެޗްޑީސީން ވަނީ އޮންލައިން ލިންކް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ކޭމްޕުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު (ނޮވެމްބަރު) ހަތް ވަނަ ދުވަހު އެވެ. އެ ދުވަހު 15:00 ގައި ފޯމު ހުށަހެޅުމުގެ ސުންގަނޑި ހަމަވާނެ އެވެ.

މައި ހުޅުމާލެ ވޮލީބޯލް ކޭމްޕްގައި ބައިވެރިވާން އެދޭ ފޯމު: ފޯމުގެ ލިންކް

ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox