ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވާޒީފާތަކަށް ހާއްސަ ޕޯޓަލެއް ލޯންޗުކޮށްފި އެވެ.
އެޗްޑީސީން ރެކްރޫޓްމަންޓް ޕޯޓަލް ނަމުގައި މި ޕޯޓަލް މިއަދު ލޯންޗުކޮށްފައިވަނީ ހާއްސަ ހަފުލާއެއްގަ އެވެ.
މިއަދު އެޗްޑީސީން ލޯންޗުކުރި މި ޕޯޓަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތުގެ މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެޗްޑީސީ ރެކްރޫޓްމަންޓް ޕޯޓަލުން އެ ކުންފުނިން ހުޅުވާލާ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ބަލާލެވޭނެ އެވެ. އަދި އެ ކުންފުނިން ހުޅުވާލާ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތުތައް ވެސް މި ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
މިޕޯޓަލްގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް އެޗްޑީސީން ހުޅުވާލާ ވަޒީފާތަކަށާއި އިންޓާންޝިޕް ޕްރޮގްރާމްތަކަށް އެދި ހުށަހެޅޭނެ އެވެ.









