އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން އުޅުނު ކަމަށް ބުނާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: ފުލުހުންނަށް ހުށަހަޅާފައި ވަނީ ގެކޮޅުގައި ހަރުކޮށްފައި ހުރި ކެމެރާއެއްގެ އަމާޒު ބަދަލު ކުރި މައްސަލަ -- ފޮޓޯ: އަދަދު ފައިލް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: ފުލުހުންނަށް ހުށަހަޅާފައި ވަނީ ގެކޮޅުގައި ހަރުކޮށްފައި ހުރި ކެމެރާއެއްގެ އަމާޒު ބަދަލު ކުރި މައްސަލަ -- ފޮޓޯ: އަދަދު ފައިލް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ދިރިއުޅުއްވާ ގެކޮޅަށް ބުރާސްފަތި ދުވަހު މީހަކު ވަންނަން އުޅުނު ކަމަށް ބުނާ މައްސަލަ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުށްވެރިކޮށްފި އެވެ.

މުއުތަސިމްގެ އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނާއެކު ދިރިއުޅުއްވާ ގެކޮޅަށް ވަންނަން އުޅުނު ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ފޯރުކޮށްދޭ ސިފައިންގެ ފަރާތުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުއުތަސިމްގެ ދިރިއުޅުއްވާ ގެކޮޅުގެ "ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސެކިއުރިޓީ ފޫއަޅުވާލައި، އެ ގެކޮޅަށް އިއްޔެ މީހަކު ވަދެގަނެފައިވީހިނދު" އެމަނިކުފާނުގެ ސަލާމަތާމެދު ކަންބޮޑުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގެއްލުންދީ، އެ ގެއަށް މީހަކު ވަން ކަމަށް އެމްޑީޕީން ބުނި ނަމަވެސް ފުލުހުން އެކަން ކަށަވަރެއްނުކޮށްދެ އެވެ. ފުލުހުންގެ ބުނީ އެ އިދާރާއަށް ހުށަހަޅާފައި އޮތީ މުއުތަސިމްގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާއެއް އޭގެ އަމާޒުން އަނބުރާފައިވާ މައްސަަލައެއް ކަމަށެވެ.

މުއުތަސިމްގެ ގެކޮޅަށް މީހަކު ވަންނަން އުޅުނު ކަމަށް ބެލެވޭ ހާދިސާއެއް ހިނގާފައި މި ވަނީ މިދިޔަ މެއި 6، ގައި ޓެރަރިސްޓު ޖަމާއަތް އައިސިސްއާ ގުޅުން އޮންނަ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބާރުގަދަ ބޮމެއް ގޮއްވާލައި، އެމަނިކުފާނާއެކު އިތުރު ހަތަރު މީހަކު ޒަހަމްކޮށްލާފައި އޮއްވަ އެވެ.

ނަޝީދަށް ދިން ހަމަލާއާއެކު ދައުލަތުގެ ތިން ބާރުގެ ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ހާއްސަ ދެ ގެކޮޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox