ޓާގެޓަކީ ސަޕޯޓަރުން ކުރިމަތީ ތަށި ދިފާއުކުރުން: ފޭދޫ އިއްބެ

Sep 22, 2021, 8:24 AM
ފޭދޫ އިއްބެ: މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ މެދު ބޮޑު އުއްމީދެއް ކުރޭ..-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ފޭދޫ އިއްބެ: މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ މެދު ބޮޑު އުއްމީދެއް ކުރޭ..-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕެއް ހޯސްޓްކުރަން އެފްއޭއެމުން ކުރަމުން އައި އުއްމީދު ހާސިލްވިއިރު، އޮތީ ހާއްސަކަމަކާ ވެސް ގުޅިފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް ފުރަތަމަ ފަހަރަށް ރާއްޖޭން އެކަނި މުބާރާތް ހޯސްޓްކުރާ ފަހަރު ގައުމީ ޓީމުން ނުކުންނަން ޖެހޭނީ ތަށި ދިފާއުކުރާށެވެ.

މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ސާފްގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައިދިން ޓީމުގެ މުހިއްމު ކުޅުންތެރިޔާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ޓާގެޓަކީ ވެސް ސަޕޯޓަރުންގެ ކުރިމަތީގައި ތަށި ދިފާއުކުރުމެވެ.

ރާއްޖޭން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެ ފަހަރު ލަންކާގައި ކުޅުނު ފައިނަލުން އިންޑިއާ ބަލިކޮށް ރާއްޖޭން ފުރަަތަމަ ފަަަހަރަށް ތަށި އުފުލާލި އެވެ. ރާއްޖޭން ދެ ވަނަ ފަހަރަށް ތަށި އުފުލާލީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ސާފް މުބާރާތް ކާމިޔާބު ކޮށްގެންނެވެ. އެ ފަހަރު ވެސް ފައިނަަލުގައި މޮޅުވީ އިންޑިއާ އަތުންނެވެ.

އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން މިހާރު އަންނަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ރޭ ރާއްޖޭން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، ލުސައިލް އެފްސީ 4-3 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ފޭދޫ އިއްބެ ކުޅުނުއިރު، ރާއްޖޭން ލީޑުނަގަން އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފޭދޫ އިއްބެ އެވެ. ފޭދޫ އިއްބެ ބަދަލުކުރީ ދެ ވަނަ ހާފްގަ އެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ފަހަަކަށް އައިސް ގަވާއިދުން ކުޅެމުން އަންނަ ފޭދޫ އިއްބެ ބުނީ ގައުމީ ޓީމަށް ކުޅުމަކީ ވެސް ގައުމު ތަމްސީލްކުރުން ކަމަށެވެ. އަދި ގައުމަށް ކާމިޔާބީ ހޯދައިދޭން އަބަދު ވެސް މަސައްކަތްކުރާ ގޮތަށް މި ފަހަރުގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުން ކަމަށް ފޭދޫ އިއްބެ ވަނީ ބުނެފަ އެވެ.

"މި ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް (ރާއްޖޭން ހަމައެކަނި ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ފަހަރު) ބާއްވާއިރު އުއްމީދަކީ ހުރިހާ ސަޕޯޓަރުންގެ އެހީއާ އެކު ތަށި ދިފާއުކުރުން،" މާޒިޔާގެ ފުރަަތަަމަ އެގާރައިގައި މޮޅު ކުޅުމެއް ދައްކާ ފޭދޫ އިއްބެ ބުންޏެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު ފައިނަލުގައި ފުރަތަމަ ގޯލު ޖެހީ ފޭދޫ އިއްބެ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލްގެ ކަތުމަންޑޫގައި އެ ގައުމު ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާ އެވެ. މުބާރާތުގައި ވާދަކުރާ ފަސް ގައުމުގެ މެދުގައި ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެ ތަނުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާނެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox