ހަމޭސް ގަތަރުގެ ކްލަބަކަށް ބަދަލުވަނީ؟

Sep 21, 2021, 4:58 AM
ހަމޭސް ގަތަރުގެ ކްލަބަކަށް ބަދަލުވަނީ؟

ލިވަޕޫލް (ސެޕްޓެމްބަރު 21) - އެވަޓަން އަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ގަތަރުގެ ކްލަބަކަށް ވިއްކާލަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ސީޒަނުގައި އެވަޓަން ކޯޗުކަމަށް ރަފައެލް ބެނިޓޭޒް ހަވާލުވި ފަހުން މިހާތަނަށް ހަމޭސް އެންމެ މެޗެއް ވެސް ކުޅެފައި ނުވެ އެވެ. ބެނިޓޭޒްގެ ޕްލޭންގައި ހަމޭސް ނުހިމެނޭތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވަނީ އަލުން ޕޯޗުގަލްގެ ޕޯޓޯ އަށް ބަަދަލުވާން ވާހަކަ ދައްކައިފަ އެވެ.

އެ ޓްރާންސްފާ ނުހިނގީ އެވަޓަން އިން ބޭނުންވި ވަރުގެ ޓްރާންސްފާ ފީއެއް ދޭން ޕޯޓޯ އިން ދެކޮޅު ހެދުމުންނެވެ. ހަމޭސް ވަނީ މީގެ ކުރިން ޕޯޓޯ އަށް ކުޅެފަ އެވެ.

މި މަހުގެ ނިޔަލަށް ގަަތަރުގެ ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތްއިރު، ހަމޭސް އަންނަނީ ގަތަރުގެ ތިން ކްލަބަކާ ވާހަކަ ދައްކަމުންނެވެ. ހަމޭސް ގަތަރުގެ ކްލަބަކާ ގުޅެން ބޭނުންވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕް ވެސް އޮތީ ގަަތަރުގައި ކަމަށް ވެފައި އެ މާހައުލަށް ހޭނުމުގެ ގޮތުންނެވެ.

ހަމޭސް އާއި އެވަޓަންގެ ސަޕޯޓަރުންނާ މެދު ވެސް ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އެއީ ސޯޝަލް މީޑިއާގައި އެވަޓަންއާ ބެހޭގޮތުން ހަމޭސް ދެއްކި ވާހަކަތަކެއްގެ ސަބަބުންނެެވެ. ހަމޭސް ބުނީ އެވަޓަން އަށް އޭނާ އައި ސަބަބަކީ ކުރިން އެ ޓީމުގައި ހުރި ކޯޗު ކާލޯ އަންޗެލޮޓީ ކަމަށެވެ. އަދި ހަމޭސް ވަނީ އެވަޓަން އަކީ ތާރީހެއް އޮތް ކްލަބެއް ކަމެއް ކުރިން އޭނާ އަށް ނޭނގޭ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖަހައިގެން ވިދާލި ހަމޭސް، އެ އަހަރު ވަނީ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅުނު ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. އަންޗެލޮޓީ، 2017 ވަނަ އަހަރު ބަޔާން މިއުނިކްގައި ހުރިއިރު ވެސް ހަމޭސް ގެނެސްފައިވެ އެވެ. ހަމޭސް އެވަޓަން އަށް ގެނައުމުގެ ފަހަތުގައި ވެސް އެންމެ އިސް ރޯލެއް ކުޅުނީ އަންްޗެލޮޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox