2018 އަށް ވުރެ ޓީމު ފެންނަނީ ވަރުގަދަކޮށް: އިއްބެ

Sep 19, 2021, 6:06 AM
ގައުމީ ޓީމުގެ އިވެންޓެއްގެ ތެރެއިން އިއްބެ: މި ފަހަރުގެ ޓީމާ މެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ އިވެންޓެއްގެ ތެރެއިން އިއްބެ: މި ފަހަރުގެ ޓީމާ މެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދިވެހި ފުޓްބޯޅައިގެ ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަަށް ނެގި ސްކޮޑަށް ވުރެ، އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ ސާފަށް ތައްޔާރުވާން ނަގާފައިވާ ޕްރިލިމިނަރީ ސްކޮޑު ވަރުގަދަ ކަމަށެވެ. ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ އެ ވާހަކަ ތަކުރާރުކޮށްފަ އެވެ.

"އަސްލު މިހާރު މި އޮތް ސްކޮޑަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑޭ ބުނެވޭނީ. 2018 ގައި ކުޅުނު ގިނަ ކުޅުންތެރިން ވެސް އެބަތިބި. ޕްލަސް ހަމަ އެކްސްޕީރިއަންސް (ތަޖުރިބާކާރު) އަހަރުންނަށް ފައިދާ ހިފޭނެ ވަރުގެ މޮޅެތި ކުޅުންތެރިންތަކެއް މި ތިބީ އެޑްވެފައި (އިތުރުވެފައި)،" ގަތަރުގައި މިހާރު ކުރިއަށްދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދިން އިންޓަވިއުގައި އިއްބެ ބުންޏެވެ.

ސާފް ޗެމްޕިއަންޝިިޕްގެ ތަށި 2018 ވަނަ އަހަރު އުފުލާލިއިރު، އެ ފަހަރު އޮތް ގައުމީ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. މި ފަހަރު ތަޖުރިބާކާރު ކުޅުންތެރިން ޓީމަށް އިތުރުކޮށްގެން މުބާރާތާ ކުރިމަތިލާއިރު، އިއްބެ ހުރީ ކުރިއެކޭ އެއްގޮތަށް ތަށި ހޯދުމުގެ އަމާޒުގަ އެވެ.

Advertisement

"ހުރިހާ ކަމަކަށް ބަލާއިރު އަމިއްލަ ފަސްގަނޑުގައި މި މުބާރާތް ކުޅޭއިރު މުބާރާތް ކާމިޔާބު ކުރުމަށް އަޅުގަނޑުމެންނަށް ވެސް ލިބޭ ހިތްވަރެއް އެއީ. އެ ކުޅުންތެރިންތަކާ އެކީ ޕްރެކްޓިސް ކޮށްލައި މި ކޭމްޕް ނިމޭއިރު ޓީމު އިންނާނީ އިރާދަކުރެއްވިއްޔާ ތަށި ނެގޭ ވަރަށް ފިޓްވެފައި،" އިއްބެ ބުންޏެވެ.

ގައުމީ ޓީމުން 2018 ވަނަ އަހަރު ފުރުސަތު ހޯދުމަށް ފަހު އިއްބެ އައީ ގަވާއިދުން ޓީމުން ފުރުސަތު ހޯދަމުންނެވެ. އެކަަމަކު، އިއްބެ މި ފަހަރު ގައުމީ ޓީމަށް މި އައީ މެދުކެނޑުމަކަށް ފަހު އެވެ. ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ސްކޮޑުގައި އިއްބެ ހިމެނުނު ނަމަވެސް އަމިއްލަ ސަބަބަކާ ހުރެ އޭރު ޓީމާ ވަކިވީ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން އިއްބ (މ).-- ފޮޓޯ: އަދަދު

ދާދި ފަހުން މާޒިޔާއާ އެކު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކުޅެން ސައުދީ އަރަބިއްޔާ އަށް ޓްރެއިނިން ކޭމްޕަކަށް ގޮސް އިއްބެ ވަނީ މިދިޔަ މަހު އޭއެފްސީ ކަޕްގެ މެޗުތަކުގައި ވާދަކުރި މާޒިޔާ ޓީމުގައި ހިމެނިފަ އެވެ.

އިއްބެ ބުނީ މާޒިޔާގެ ޓްރެއިނިން ކޭމްޕުން ވެސް ރަނގަޅު ކަންތައްތަކެއް ފާހަަގަވި ކަމަށާއި ގައުމީ ޓީމު މިހާރު ގަތަރުގައި ފުރިހަމަ ކުރަމުން އަންނަ ޓްރެއިނިން ކޭމްޕުން ވެސް ގިނަ ޕޮޒިޓިވް ނަތީޖާތަކެއް ނުކުންނާނެ ކަމަށެވެ.

"މިހާރު ދެން އެކި ކްލަބްތަކުގެ ކުޅުންތެރިންނާ އެކު ކޭމްޕް މިހެން ކުރިއަށްދާއިރު އެންމެން މި ހޮޓަލުގެ އެއް ފްލޯއެއްގައި ހުރިހާ ކުޅުންތެރިއަކު މި އުޅެނީ. އެހެންވެ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ އޮންނަ ގުޅުން ވަރުގަދަވެ، ޓްރެއިނިންގައި ވެސް އެ ފެންނަމުން ދަނީ ޓީމު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދާތަން،" އިއްބެ ބުންޏެވެ.

ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަަނަ ދުވަހުގެރޭ ކުޅޭނީ ނޭޕާލާ އެެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ރާއްޖެ ވަނީ ނޭޕާލާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި އިއްބެ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން އެންމެ ގިނަ ގޯލު ޖެހީ ވެސް އިއްބެ އެވެ.

ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ މަހު ހަތް ވަަނަ ދުވަހުގެރޭ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އެ އަށް ފަހު 10 ވަނަ ދުވަހު ހަވީރު ސްރީލަންކާއާ ކުޅުމަށް ފަހު 13 ވަނަ ދުވަހުގެރޭ އިންޑިއާއާ ބައްދަލުކުރާނެ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެރޭގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox