ކަސްޓަމްސްގެ ދެ އޮފީހެއް އުތުރުގައި ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް. ފޮޓޯ: ކަސްޓަމްސް

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް. ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް ހިމެނޭ ގޮތަށް މޯލްޑިވްސް ކަސްޓަމްސްގެ ދެ އޮފީހެއް އުތުރުގެ ދެ ރަށެއްގައި ހުޅުވައިފި އެވެ.

އެ ދެ އޮފީސް ހުޅުވާފައިވަނީ ކުޅުދުއްފުށި ސިޓީއާއި ހއ. އުލިގަމުގަ އެވެ. އެގޮތުން ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް ގާއިމުކުރީ ކުޅުދުއްފުށީގަ އެވެ. ހއ. އުލިގަމުގައި ހުޅުވީ ކަސްޓަމްސްގެ އޮފީހެކެވެ. އެ ދެ އޮފީސް ވެސް ހުޅުވާފައި އިއްޔެ އެވެ.

ދެ އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އެވެ.

ކުޅުދުއްފުށީގައި އޮތް ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ އިތުރުން ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޅުދުއްފުުށީގައި ކަސްޓަމްސްގެ އުތުރުގެ ހެޑް އޮފީސް ހުޅުއްވައިދެއްވަމުން މިނިސްޓަރު މާރިޔާ ވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ގާއިމުކުރެވުނު އެ ހެޑް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއާ ކުރަން ހޭދަވާ ވަގުތު ކުޑަކޮށްދީ، ވިޔަފާރީގެ ހަރަަދުތައް ކުޑަވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ކަސްޓަމްސްގެ ނޯތު ހެޑް އޮފީސް ހުޅުއްވައިދެއްވަނީ. ފޮޓޯ: ކަސްޓަމްސް
މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ކަސްޓަމްސްގެ ނޯތު ހެޑް އޮފީސް ހުޅުއްވައިދެއްވަނީ. ފޮޓޯ: ކަސްޓަމްސް

މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ކަސްޓަމްސްގެ ނޯތު ހެޑް އޮފީސް ހުޅުއްވައިދެއްވަނީ. ފޮޓޯ: ކަސްޓަމްސް

މިނިސްޓަރުގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްގެ އޮފިސަރުންގެ ކުޅަދާނަކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެ މުވައްޒަފުންގެ ހީވާގި މަސައްކަތަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

އުލިގަމުގައި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އުލިގަން ނިސްބަތްވާ ހޯރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް އަދި އެ ރަށުގެ ކައުންސިލް މެމްބަރުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އާ އޮފީހުގެ މައިގަނޑު މަސައްކަތަކީ އުލިގަމަށް ބަނދަރުކުރާ ޔޮޓުފަހަރުތަކަށް ލުއި ފަސޭހަ ކަމާއެކު އެކި އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި އެ ސަރަހައްދުގައި ބޮންޑެޑް ވެއާހައުސްގެ ހިދުމަތެއް ގާއިމުކޮށް އެ ހިދުމަތް އެ ސަރަހައްދުގައި އޮޕަރޭޓްކުރާ ރިސޯޓްތަކަށް ފޯރުކޮށްދީ ފުޅާކުރުމުގެ ވިސްނުމެއް ކަސްޓަމްސްއިން ގެންގުޅޭކަމަށް ޝަރީފް ވިދާޅުވި އެވެ.

އުލިގަމުގައި ގާއިމުކުރި އެ އޮފީހާއެކު އެ ރަށުގައި ތަރައްގީކުރަން ނިންމާފައިވާ ޔޮޓް މެރީނާގެ މަސައްކަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox