އެޗްޑީސީގެ މުވައްޒަފުންގެ ތަޖުރިބާ ހިއްސާކުރުމަށް ހާއްސަ ޕްލެޓްފޯމެއް

އެޗްޑީސީ ނޮލެޖް ހަބް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން. -- ފޮޓޯ:އެޗްޑީސީ

އެޗްޑީސީ ނޮލެޖް ހަބް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން. -- ފޮޓޯ:އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ މުވައްޒަފުންގެ ތަޖުރިބާ ހިއްސާކުރުމަށް ހާއްސަ ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.

"ނޮލެޖް ހަބް" ގެ ނަމުގައި ތައާރަފުކުރި މި ވާޗުއަލް ޕްލެޓްފޯމް ލޯންޗުކޮށްފައި ވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ. ޕްލެޓްފޯމް ލޯންޗުކުރުމަށްފަހު މުވައްޒަފުންގެ ތަޖުރިބާތައް އެންމެ އެކަށޭނެ ގޮތުގައި ހިއްސާކުރާނެގޮތް ދަސްކޮށްދިނުމަށް "ސްކިލްސް ޕްރޯ ޕްރޮގްރާމް" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފަ އެވެ.

ނޮލެޖް ހަބަކީ ކޮބާ؟

ނޮލެޖް ހަބަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގެ އާދަ އަށަގަންނަވައި އެކަމަށް ބާރުއެޅުމުގެ ގޮތުން އިފްތިތާހު ކުރި ވާޗުއަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ތަފާތު މަސައްކަތްތައް ކުރާ ގިނަ އަދަދެއްގެ ކުންފުނި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެޗްޑީސީގެ އަމާޒަކީ ނޮލްޖް ހަބް މެދުވެރިކޮށް އެކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުންގެ މައުލޫމާތުތައް އެހެން މުވައްޒަފުންނާ ފަސޭހައިން ހިއްސާކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް އެކުންފުނިން ބުނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ކުންފުނީގައި ހުނަރުވެރި، ތަޖުރިބާކާރު، ގާބިލް މުވައްޒަފުން ތިބިއިރު އެމުވައްޒަފުންގެ ތަޖުރިބާ އާއި މައުލޫމާތު އެހެން މުވައްޒަފުންނާ ހިއްސާ ކުރެވިގެން ދިއުމަކީ މިފަދަ ޕްލެޓްފޯމެއް އުފެއްދުމުގެ އެންމެ ބޮޑު މަގުސަދު ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ. މީގެ ސަބަބުން މުވައްޒަފުންގެ ގުޅުން ބަދަހިވެ މަސައްކަތަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ނޮލްޖް ހަބް މެދުވެރިކޮށް ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދެވޭ އިރު، މި ޓްރެއިނިން ޕްރޮގްރާމްތައް ނަގައިދިނުމުގެ ހުއްދަ ދެވޭނީ އެމީހެއްގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބެލުމަށްފަހު އެވެ. ޓްރެއިނަރުން ހޮވުމުގެ މަސައްކަތްކުރާނީ އެޗްޑީސީގެ ޓެލެންޓް ޑިވެލޮޕްމެންޓް ސެކްޝަނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox