ފެލިވަރު ތަރައްގީ ކުރަން ކޮންޓްރެކްޓަރެއް ހޯދުމުގެ ޕްރީކޮލިފިކޭޝަން މަސައްކަތް ފަށައިފި

ޅ. ފެލިވަރު ބަނދަރު ސަރަހައްދު. ފެލިވަރުގައި ސަރުކަރުން ދަނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަަމުން. ފޮޓޯ: ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޅ. ފެލިވަރު ބަނދަރު ސަރަހައްދު. ފެލިވަރުގައި ސަރުކަރުން ދަނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަަމުން. ފޮޓޯ: ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޅ. ފެލިވަރުގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ވަރުގެ ކާރުހާނާއެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ޕްޜީކޮލިފިކޭޝަން މަރުހަލާ، އެ މަޝްރޫއަށް ހަރަދުކުރާ އިންޑިއާގެ އެގްޒިމް ބޭންކުން ފަށައިފި އެވެ.

އެ މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޮރޭޖްއަކާއި މަސް ޕްރޮސެސް ކުރާ ކާރުހާނާއަކާއި ބްރައިން ފްރީޒިން ފެސިލިޓީއެއް، ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިިލިޓީއެއް، ފިޝް މީލް ޕްލާންޓެއް، އައިސް ޕްލާންޓެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ހަމަ އެ މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއު ނިމުމުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ ބޮޑުތަނުން އިތުރުވެގެންދާނެ އެވެ.

އަދި ބާނާ މަސް ކިރުމުގައި މަސްވެރިންނަށް ކުރިމަތިވާ ގިނަ ދަތިތަކެއްވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރާ ކޯލްޑް ސްޓޮރޭޖާއި ފްރީޒިން ފެސިލިޓީގެ ސަބަބުން ހައްލުވެގެންދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން އެ މަޝްރޫއާ ގުޅޭގޮތުން ބުނި ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ޒަމާނީކުރުމަށް ވެސް އެ މަޝްރޫއުގެ ދަށުން ފަސޭހަވެގެން ދާނެ އެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށާއި، މަސްވެރިންގެ އިތުރުން، މިފްކޯ އަދި މުޅި ގައުމުގެ އިގްތިސޯދަށްވެސް އެ މަޝްރޫއުގެ ސަބަބުން ފައިދާ ކުރާނޭކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

ޅ. ފެލިވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ރެންޑާކޮށްފައިވާ ފޮޓޯތަކެއް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޅ. ފެލިވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ރެންޑާކޮށްފައިވާ ފޮޓޯތަކެއް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޅ. ފެލިވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ރެންޑާކޮށްފައިވާ ފޮޓޯތަކެއް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިންޑިއާގެ އެގްޒިމް ބޭންކުން އެ މަޝްރޫގެ ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ފަށާފައިވާއިރު، އޭގެ ފަހުގެ ތާރީހެއްގައި މަޝްރޫއަށް ކޮންޓްރެކްޓަރެއް ހޯދުމަށް އިއުލާންކުރާނޭކަމަށް ބެލެވެ އެވެ.

ފެލިވަރުގެ ތަރައްގީގެ މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ދަށުން ސަރުކާރުން ހިންގަން ނިންމި އެންމެ ފުރަތަމަ އެއް މަޝްރޫކަން ފާހަގަކޮށްލެވެ އެވެ.

ފެލިވަރުގައި ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުންދާއިރު، މަސްދަޅު އުފެއްދުމާއި ރާއްޖެއިން ބޭރަށް މަސްދަޅު އަދި މަހުގެ ޕްރޮޑަކްޓްް އެކްސްޕޯޓުކުރުމުގެ މަސައްކަތް އެ ރަށުގައި ކުރާ ފެލިވަރު ފިޝަރީސް މޯލްޑިވްސް ކުންފުނި އުވާލުމަށް ސަރުކާރުން ވަނީ ދާދި ފަހުން ނިންމައި، އެކަން އިއުލާންކޮށްފަ އެވެ.

އެ ކުންފުނި އުވާލަން ނިންމާފައިވަނީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ އިތުރު ހަތް ކުންފުންޏަކާ އެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox