ލިފްޓުގެ މައްސަލަ ހައްލުކޮށް، ހިޔާ ޓަވަރުތަކަށް ކަރަންޓް ދޭން ފަށައިފި

ހިޔާ ފްލެޓުތައް: މި ފްލެޓްތަކުގެ ކަރަންޓު ވިއުގައިގެ މަސައްކަތް ނިންމާލީ މިދިޔަ ޖޫން މަހު. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހިޔާ ފްލެޓުތައް: މި ފްލެޓްތަކުގެ ކަރަންޓު ވިއުގައިގެ މަސައްކަތް ނިންމާލީ މިދިޔަ ޖޫން މަހު. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ސްޓެލްކޯ އިން ކަރަންޓު ދެމުން ދިޔައީ ދުވާލަކު ދެ ޓަވަރަށެވެ. ކަރަންޓު ދިނުމުގެ މަސައްކަތް މެދުކަނޑާލީ ޓަވަރެއްގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ސްޓެލްކޯއިން މިއަދު ބުނީ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމައި ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން ކަރަންޓު ދެމުން އަންނަނީ އެޗްޑީސީން ހަވާލުކުރާ ޓަވަރު ތަކަށެވެ. އެގޮތު މިއަދު ކަރަންޓު ދޭން ނިންމާފައި ވަނީ 15 އަދި 16 ވަނަ ޓަވަރަށެވެ.

Advertisement

ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އަދި މިކަން އަންގަން އެ ކުންފުނިން ފްލެޓުގެ ވެރިފަރާތުން އެޗްޑީސީއަށް ދީފައިވާ ނަމްބަރަށް އެސްއެމްއެސްއެއް ފޮނުވާނެ އެވެ.

އެ އެސްއެމްއެސް ލިބުމުން، ޓަވަރު ކައިރިއަށް ދާން ޖެހެނީ ކަރަންޓުލުމަށްޓަކައި ސްޓެލްކޯއާ އެކު ސޮއެކޮށްފައިވާ މީހާއަށް ދޫކޮށްފައިވާ ސްލިޕް ހިފައިގެންނެވެ. އެ ސްލިޕް ހިފައިގެން ދިޔުމުން ކަރަންޓުދޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

އެ މީހަކަށް ހަމަޖައްސާފައިވާ ދުވަހު ހާޒިރުނުވެއްޖެ ނަމަ، ދެން ފުރުސަތު ލިބޭނީ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިމުމުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މިކަމަށް ސަމާލުވެ، ފްލެޓްތަކުގެ ވެރިފަރާތަށް ހާއްސަކޮށްފައިވާ ދުވަހު ދާން އެ ކުންފުނިން އިލްތިމާސްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox