ވޯޓާ ތީމް ޕާކުގެ ކޮރަޕްޝަން މައްސަލަ އަވަސްކޮށްދޭން އެދިއްޖެ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް. -ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް. -ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާ ވޯޓާ ތީމް ޕާކްގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަޝްރޫއު އަނބުރާ އަތުލުމަށްޓަކައި، އެ މަޝްރޫއުއާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާ ތަހުގީގު އަވަސްކޮށް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

ތީމް ޕާކަކާއެކު ހޮޓަލެއް ވެސް ހިމެނޭ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) މަޝްރޫއު މެލޭޝިއާގެ މިރި ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ މަގުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރަން ދީފައިވަނީ 35 އަހަރަށެވެ.

އެނގިފައިވާ ގޮތުގައި އެ މަޝްރޫއު މިރި ހައުސިންއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އެޗްޑީސީގެ ފަރާތުން އޭސީސީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އަދި އެ މައްސަލަ ބެލުމަށް އޭސީސީން ނިންމައި، އެކަން ވަނީ އެޗްޑީސީއަށް އަންގައިފަ އެވެ.

އެ ޕާކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ފެށިފައިވީ ނަމަވެސް، މިހާރު އެ މަޝްރޫއު ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ކޮވިޑުގެ ހާލަތުގެ ދަށުން އެ މަސައްކަތް ފެށުމަށް އެކި ތާރީހުތައް ދިން ނަމަވެސް، އެކަން ކުރިއަށް ނުދާތީ އެ މަޝްރޫއު އަތުލަން އެޗްޑީސީން ދަނީ ވިސްނަމުންނެވެ.

ނަމަވެސް، އޭސީސީގެ ތަހުގީގު ނިންމާފައިނުވާތީ އެ ކަމަށް ހުރަސްއެޅިފައިވާކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީން އޭސީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕާކުގެ މަޝްރޫއު ހުއްޓިފައިވާތީ ކޮންޓްރެކްޓަރާއެކު ޑިސްޕިއުޓް ރިޒޮލިއުޝަންގެ ވާހަކަތައް ފެށިފައިވާ ކަމަށެވެ.

އެގޮތުން، އޭސީސީގެ ނިންމުމަކީ ކޮންޓްރެކްޓަރާމެދު އެޗްޑީސީގެ ނިންމުމަށް ވަރަށް މުހިންމު މައުލޫމާތަކަށްވާތީ، އެ ތަހުގީގު އަވަސްކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox