ކަރަންޓު ދިނުމާ އެކު ފްލެޓްތައް ނިންމުމުގެ މަސައްކަތް ފަށައިފި

ހިޔާ ފްލެޓް ބަލާލުމަށް ހުޅުވާލި ފުރުސަތުގައި އެތަނަށް ދިޔަ އާއިލާއެއް: ކަރަންޓުދޭން ފެށުމުން މިއަދު ވަނީ އާއިލާއެއް ފިނިޝިންގެ މަސައްކަތް ފަށަފައި-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދުއ

ހިޔާ ފްލެޓް ބަލާލުމަށް ހުޅުވާލި ފުރުސަތުގައި އެތަނަށް ދިޔަ އާއިލާއެއް: ކަރަންޓުދޭން ފެށުމުން މިއަދު ވަނީ އާއިލާއެއް ފިނިޝިންގެ މަސައްކަތް ފަށަފައި-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދުއ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކަށް ސްޓެލްކޯ އިން ކަރަންޓު ދިނުމާ އެކު ފިނިޝިންގެ މަސައްކަތް ފަށައިފި އެވެ.

ކުރީގެ ސަރުކާރުގައި އިމާރާތްކޮށްފައިވާ އެ ފްލެޓްތަކަށް ވަންނަން ޖެހެނީ އަމިއްލަ އަށް ފިނިޝިން ނިންމައިގެންނެވެ. އޭގެތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި ޓައިލްސް ޖެހުމާއި ދެ ކޮޓަރި އާއި ދެ ފާހާނާގައި ވެސް އެތެރޭގެ ދޮރުތަކާއި ކިޗަން ކެބިނެޓާއި އެތެރޭގެ ފާރުތަކުގައި ކުލަ ލުމާއި ބޮކިތަކާއި ފަންކާތައް ހަރުކުރުން ހިމެނެ އެވެ.

ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ އޮގަސްޓް 17ގަ އެވެ. ޖުމްލަ 6720 ފްލެޓުގެ ތެރެއިން ކޮންމެ ދުވަހަކު ކަރަންޓްދަނީ ދެ ޓަވަރަށެވެ. އެގޮތުން 17 ވަނަ ދުވަހު ކަރަންޓު ދިނީ H15 އަދި H16 ވަނަ ޓަވަރަށެވެ. އިއްޔެ ކަރަންޓް ދީފައި ވަނީ 11 އަދި 12 ވަނަ ޓަވަރަށެެވެ.

Advertisement

އެޗްޑީސީން ބުނި ގޮތުގައި ފިނިޝިންގެ މަސައްކަތް ނިންމުމަށް ހުޅުވާލުމާ އެކު މިވަގުތު އާއިލާތަކުން މަސައްކަތް ކުރިއަށް އެބަދެ އެވެ. އާއިލާތަކުން ބޭނުންވާ ތަކެތި އުފުލުމަށް ފްލޯއެއްގައި 16 އެޕާޓްމެންޓު ހުންނަ ޓަވަރުން ދެ ލިފްޓް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ފްލޯއެއްގައި 20 އެޕާޓްމެންޓް ހުންނަ ޓަވަރުން ތިން ލިފްޓު ބޭނުން ކުރެވޭނެ އެވެ.

ފްލެޓްގެ ފިނިޝިން ނިންމަން ދީފައިވާ މުއްދަތުގެ ތެރޭގައި 24 ގަޑިއިރު އެއްވެސް ހުއްޓުމަކާނުލައި، މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓުތަކަށް އާއިލާތަކުން ބަދަލުވާން ފަށާފައިވާއިރު، ފްލެޓްތަކުގެ ކުލި އަންނަ ޑިސެމްބަރާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox